ސަލްޓަންޕާކުގައި ހުރި ގުދަނަކުން ވައްކަން ކުރަން ވަދެ އުޅުނު މީހަކު އަތުލައިގެންފިއެވެ.
މި މައްސަލާގައި ހައްޔަރުކުރީ ރ.މަޑުއްވަރިއަށް ނިސްބަތްވާ 46 އަހަރުގެ ފިރިހެނެކެވެ.
އޭނާގެ ބަންދަށް 15 ދުވަސް ޖަހައި ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރުގައި ބުނީ އޭނާ ހައްޔަރުކުރެވުނީ ސަލްޓަންޕާކުގައި ހުރި ގުދަނަކުން ވައްކަން ކުރަން ވަދެ ހުއްޓައި ފެނިގެން ކަމަށެވެ. ނަމަވެސް އޭނާ ބުނީ އެ ގުދަނަށް ވަނީ ނިދަން ކަމަށާއި އެއްވެސް އެއްޗެއް ވަގަށް ނުނަގާ ކަމަށެވެ.
އޭނާއަކީ ވައްކަމުގެ މައްސަލަތަކުގެ ރެކޯޑް އޮތް މީހެއްކަމަށް އަމުރުގައި ފާހަގަކޮށްފައިވެއެވެ.