ރިޔާސީ އިންތިޚާބު 2023ގެ ފުރަތަމަ ބުރުގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން އެ މަނިކުފާނު ވާދަ ކުރެއްވި ނަމަ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައި ވަނީ ރާއްޖޭގެ އޮންލައިން މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައެވެ.
އެގޮތުން ރައީސް ނަޝީދު ވިދާޅުވީ އެ މަނިކުފާނުގެ ހަޔާތުގައި އިސްލާހީ ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށާއި އާ ޖީލަށް އެ މަސައްކަތް އިތުރަށް ކުރަން ނުޖެހޭނެ ކަމަށެވެ.
ހަމަ އެހެންމެ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ވާދަ ނުކުރަން ނިންމެވީ ޒުވާން ޖީލަށް އެ ފުރުސަތު ހުޅުވާލުމުގެ ބޭނުމުގައި ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ނަމަވެސް ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓްސްގެ ފަރާތުން އެ މަނިކުފާނު އިންތިޚާބުގައި ވާދަކުރެއްވިނަމަ ލަފާކުރެވޭ ގޮތުން ހޮވޭނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން އެ މަނިކުފާނަކީ ވަކި ސައިޒެއް ނުވަތަ ބާރާއި ނުފޫޒު ހުރި މީހެއް ކަމަށް އެއްވެސް އިރެއްގައި ދެކިވަޑައި ނުގަންނަވާ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ނަމަވެސް ވަކި އުސޫލުތަކާއި ހަމަތަކެއް ހިފަހައްޓަވަން މަސައްކަތް ކުރައްވާ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ހަމަ އެހެންމެ ބޮޑެތި ނުފޫޒުތަކެއްގެ ތެރެއިން އެހާ ޒުވާން އުމުރުގައި ފުރަތަމަ ފަހަރަށް ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވައިގެން އިންތިހާބުގެ ފުރަތަމަ ބުރުގައި ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބް ހޯއްދެވީ ވަރަށް ބޮޑު ކާމިޔާބެއް ކަމަށް ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ.
Tiya ee hama huva fene kaley ge yaa anni ah libey ne vote e avnee ilyas ah libifa thiya hen bunan vegan kuri maths nulee ves adhi mee hun ge thaa eedhu othee kihaa vara kah tho beluma anni ah rayyi thun ge thaa ee dha kee 7% bayyaa