ލ.މުންޑުއާއި ކަޅައިދޫން ގަމަށް ބަދަލުވި ކޮންމެ ގެއަކަށް 50,000 ރުފިޔާގެ އިނާޔަތެއް ދޭން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.
ގަމު ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ އެކިއެކި ސަބަބުތަކާ ގުޅިގެން ސަރުކާރުން އެއް ރަށުން އަނެއް ރަށަށް ބަދަލުކުރާ މީހުންނަށް ދެމުންގެންދާ ފައިސާގެ އެހީ 2004 ގެ ސުނާމީ ކާރިސާއާ ގުޅިގެން މުންޑުއާއި ކަޅައިދޫން ގަމަށް ބަދަލުވި އާއިލާތަކަށް ހަމަނުޖެހިފައިވާ ކަމުގެ ޝަކުވާތައް ސަރުކާރަށް ހުށަހަޅަމުންދާ ކަމަށެވެ.
އެގޮތުން މުންޑުއާއި ކަޅައިދޫން ގަމަށް ބަދަލުވި ކޮންމެ ގެއަކަށް 50,000 ރުފިޔާގެ އިނާޔަތެއް ދޭން ރައީސް ޞާލިޙް ނިންމަވާފައިވާ ކަމަށް އިއުލާނުގައިވެއެވެ.
މި އިނާޔަތަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވައިލާފައެވެ.
ގަމު ކައުންސިލުން ބުނީ ފުރުސަތު ހުޅުވާލައިފައިވަނީ 5 އޮކްޓޫބަރުން 21 އޮކްޓޫބަރުގެ ނިޔަލަށް ކަމަށެވެ.
ވޯޓަށް ނުފޫޒު ފޯރުވުމުގެ ޢަމަލީ މަސައްކަތުގެ ބިޔަ ޕްރޮޖެކްޓުގެ ބައެއް.