ވޯޓުލުމުން އިނގިލީގައި ޖަހާ ފާހަގަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޖަހާނީ ވޯޓުލާ މީހާގެ ވައަތުގެ މެދު އިނގިލީގައި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފިއެވެ.
ވޯޓުލާ މީހާގެ ނިޔަފައްޗާއެކު އިނގިލީގައި ޖަހާ ފާހަގައަކީ އެ މީހަކީ ވޯޓުލާފައިވާ މީހެއްކަން ކަށަވަރު ކުރުމަށް ޖަހާ ފާހަގައެވެ. ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެ ފާހަގަ ޖަހާފައިވަނީ ވައަތުގެ ޝަހާދަތް އިނގިލީގައެވެ.
ނަމަވެސް އީސީން ހާމަކޮށްފައިވާ ގޮތުން އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ފާހަގަ ޖަހާނީ ވޯޓުލާ މީހާގެ ވައަތުގެ މެދު އިނގިލީގައެވެ.
ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްދާނީ ހޮނިހިރު ދުވަހު 08:00 އިން ހަވީރު 17:00 އަށެވެ.