ޕްރޮގްރެސިވް ކޯލިޝަނުން ފަތުރަމުންދާ ފިތުނަވެރި ވާހަކަތަކުގެ ސަބަބުން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހަށް ވޯޓު އިތުރުވާނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން ވިދާޅުވެއްޖެއެވެ.
ތިނަދޫ ސިޓީއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ”އޮފް“ މިހާރު ކެނޑިފައިވާ ކަމަށެވެ.
އިދިކޮޅު ފަރާތްތަކަށް ވެރިކަމަށް އާދެވިއްޖެނަމަ ރާއްޖޭގައި މިހާރު މިއޮތް ހާލަތު އަނެއް ފުށަށް ޖަހައިލާނެ ކަމަށާއި އިދިކޮޅަށް ވެރިކަން ލިބިއްޖެނަމަ ލާމަރުކަޒީ ގާނޫނު އުވާލައި އަނެއްކާ ވެސް މާލެއަށް ބާރުތައް ޖަމާކުރަން ފަށާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.
”ސިޓީތައް އުވާލައި އެޓޯލް މިނިސްޓްރީގެ ދަށަށް. އަދުރޭގެ ދަށަށް ރާއްޖެ ގެންގޮސް، އަތޮޅުތައް ގެންގޮސްދާނެ،“ އިމްރާން ވިދާޅުވިއެވެ.
ރާއްޖޭގެ ރައްޔިތުން އެ މީހުންގެ އަތޮޅުތެރޭ ހަލާކުރުމުގެ ފުރުސަތު ވާދަވެރިންނަށް ނުދޭނެ ކަމަށާއި ރިޔާސީ އިންތިހާބުގެ ވޯޓު ލާންވީ ކޮން ކެންޑިޑޭޓެއްކަން ރައްޔިތުންނަށް އެނގޭ ކަމަށް އިމްރާން ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އިމްރާން ހުންނެވީ ވަރަށް ހަމަޖެހިލައިގެން ކަމަށާއި އެއަި ރައީސް ޞާލިހު ކުދި ރަށްރަށަށް ކޮށްދެއްވި ކަންކަމުގެ ސަބަބުން އިންތިހާބު އެއްބުރުން ކާމިޔާބު ކުރެވޭނެކަމުގެ ޔަގީންކަން އޮތުމުން ކަމަށް އިމްރާން ވިދާޅުވިއެވެ.
Fithunai ge bafaa mi kiya nee fithuna fithuna kalo gudho gudho govey iru ves ney gey dhotha
މަނިކުފާނުގެ ވާހަކަ ފުޅުގައި އަސާސެއް ނެތް. ދެން އިސްތިއުފާދެއްވާ.