ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ބަހުގެ ހިދުމަތް ކުޅުދުއްފުށި ސިޓީގައި ފަށައިފިއެވެ.
އެމްޓީސީސީން ބުނި ގޮތުގައި ކުޅުދުއްފުށި ސިޓީގައި އާރްޓީއެލް ބަހުގެ ހިދުމަތް ރޭ ފައްޓަވައިދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.
ބަހުގެ ހިދުމަތަށް ރައްޔިތުން އަހުލުވެރިކުރުމަށް ވަކި މުއްދަތެއް ވަންދެން ބަހުގައި ދަތުރުކުރާ މީހުންގެ އަތުން ފީ ނުނަގާނެ ކަމަށް އެމްޓީސީސީން ބުނިއެވެ.
އެމްޓީސީސީން މިހާރު އާރްޓީއެލްގެ ބަހުގެ ހިދުމަތް ފޯރުކޮށްދެނީ މާލެ ސަރަހައްދާއި އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީ އާއި ހައްދުންމަތީ ގަން-ފޮނަދޫ އަދި ހއ. ދިއްދޫގައެވެ.