ޕީއެންްސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ދޮންމަންމަ އަށް ރާއްޖެއަށް ނާދެވޭ ގޮތަށް ބްލޮކްކޮށްފައިވާ މައްސަލަ ބަލާ ތަހުގީގު ކުރަމުންދާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.
މުއިއްޒުގެ ބައްޕާފުޅު، އައްޝައިހް ހުސައިން އަބްދުއްރަހުމާން އެންމެ ފަހުން ކައިވެނި ބައްލަވައިގެންނެވީ ލަންކާއަށް ނިސްބަތްވާ ޖީއެންއީއައި ސްކީލަން ހުސައިންއާ އެވެ. އޭނާއަށް ރާއްޖެ ނާދެވޭ ގޮތަށް ހަދާފައިވާ ކަމަށާއި އެކަމުގެ ތުހުމަތު މުއިއްޒަށް ސްކީލަން ވަނީ ރާއްޖޭގެ ނޫހަކުން އިއްޔެ ގެނެސްދިން ޑޮކިއުމެންޓްރީއެއްގައި ބުނެފަ އެވެ.
އިމިގްރޭޝަނުން މިރޭ ބުނީ ސްކީލަން އަށް ރާއްޖެ އެތެރެނުވެވޭ ގޮތަށް އެންޓްރީ ބްލޮކް ކޮށްފައިވާކަން ސަމާލު ކަމަށް އައީ ދާދި ފަހުން ކަމަށެވެ. އެ ވަގުތުން ފެށިގެން އެކަން ހިނގާފައިވާ ގޮތް ބަލާ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.
މުއިއްޒުއާ ގުޅޭ ގޮތުން އެކި ވާހަކަތައް ފެތުރެމުންދާއިރު، ތުހުމަތުތަކަށް ރައްދު ދެއްވައި އޭނާ ވިދާޅުވީ، ކަންބޮޑުވާން ޖެހޭ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ. އަދި މައްސަލައެއް އޮތް ނަމަ އިންސާފުވެރިކަމާ އެކު އެކަމެއް އިދާރާތަކުން ތަހުގީގުކުރުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.
Muizu aa behey masala eh vee ma vaguthun elart ah athuvejje dhotha hurihaa kame ves thiya hen vaa nama ragalhu