ވަޓްސްއެޕްއަށް އައި އާ އައިއޯއެސް އަޕްޑޭޓްގެ ސަބަބުން އައިޕެޑްގައި ވަޓްސްއެޕް ބޭނުން ކުރެވޭނެ އެވެ.
ވަޓްސްއެޕުން ޓެސްޓު ކުރަން ނިންމާފައި ވަނީ އައިޕެޑަށް ވެސް އޮޕްޓިމައިޒްކޮށްފައިވާ އައިއޯއެސް އެޕްގެ ގިނަ ބަޔަކު އިންތިޒާރު ކުރާ ވާޝަން އެކެވެ.
މެޓާ އިން ދާދި ފަހުން މެކްއޯއެސް އަށް ވަޓްސްއެޕްގެ އާ ވާޝަނެއް މިދިޔަ މަހު ނެރުނު އިރު، މިހާރު އައިއޯއެސް އެޕްލިކޭޝަނަށް ވަޓްސްއެޕްގެ މި އާ ވާޝަނާ އެކު އެޕަލްގެ ކޮންމެ ޑިވައިސްއަކުން ވެސް މިހާރު އެ މީހުންގެ މެސެޖްތަކަށް ވަދެވޭނެ އެވެ. އައިއޯއެސް އަށް ވަޓްސްއެޕްގެ އާ ވާޝަން މެދުވެރިކޮށް އައިޕެޑުން މެސެޖުތައް ބަލައިލެވޭނެ އެވެ. މީގެ ކުރިން އައިޕެޑް ބޭނުންކުރާ މީހުންނަށް ވެބް ވާޝަން ބޭނުންކުރަން ޖެހުނީ އައިޕެޑަށް ވަޓްސްއެޕް އެޕްލިކޭޝަނެއް ނެތުމުންނެވެ. އައިއޯއެސް އެޕްލިކޭޝަނަށް އަންޑަ ޓެސްޓިން ވަޓްސްއެޕް އެންމެ ފުރަތަމަ ފެނުނީ ޑަބްލިއުއޭބީޓާއިންފޯ އިން ކަމަށާއި ވަޓްސްއެޕް ސެޓިންގެ ތެރޭގައި މި ވާޝަން ފާހަގަކޮށްފައި ވަނީ 2.23.19.71 ގެ ގޮތުގަ އެވެ.
އައިއޯއެސް އަށް ވަޓްސްއެޕްގެ އާ ބީޓާ ވާޝަން ޓެސްޓްފްލައިޓް އެޕް މެދުވެރިކޮށް އިންސްޓޯލް ކުރުމަށް މިހާރުވެސް މޮބައިލް ޑިވައިސްތަކުގައި ބީޓާ އެޕް ބޭނުން ކުރެވޭނެ ހުރިހާ ބީޓާ ޓެސްޓަރުންނަށް ލިބެން ހުންނާނެ އެވެ. ބީޓާ ޓެސްޓަރަކަށް ވެފައި އައިޕެޑުގައި ވަޓްސްއެޕް ބޭނުންކުރަން ބޭނުންވާ ނަމަ އެކަން ކުރެވޭނެ ގޮތަކީ މިއީ އެވެ.
ސްޓެޕް 1: އައިޕެޑަށް ވަޓްސްއެޕް ބީޓާ ބޭނުން ކުރުމަށް އައިފޯނާއި އައިޕެޑްގައި ވަޓްސްއެޕްގެ ބީޓާ ވާޝަން އިންސްޓޯލް ކުރަން ޖެހޭނެ އެވެ.
ސްޓެޕް 2: އައިފޯނާއި އައިޕެޑްގައި އެޕް އިންސްޓޯލް ކުރުމަށްފަހު އައިފޯނުގައި ވަޓްސްއެޕް ހުޅުވައި ވަޓްސްއެޕް ސެޓިންއަށް ދާށެވެ.
ސްޓެޕް 3: ލިންކްޑް ޑިވައިސްތަކަށް ގޮސް އައިޕެޑް ބޭނުންކޮށްގެން ކިއުއާރް ކޯޑް ސްކޭން ކުރުމަށް ލިންކަށް ޓެޕް ކޮށްލާށެވެ.
އައިފޯނާއި އައިޕެޑް ލިންކް ކުރުމަށްފަހު އައިފޯނާއި ކަނެކްޓް ނުކޮށް މިނިވަންކަމާއެކު އައިޕެޑްގައި ވަޓްސްއެޕް ބޭނުންކުރެވޭނެ އެވެ. އައިޕެޑުން ފޮނުވާ ނުވަތަ ލިބޭ ކޮންމެ މެސެޖެއް އޮޓަމެޓިކުން އައިއޯއެސް އާއި އެންޑްރޮއިޑް ހިމެނޭ ގޮތަށް ސްމާޓްފޯނާ ސިންކް ވާނެ އެވެ.
މިއީ ބީޓާ އެޕްލިކޭޝަނަކަށް ވުމުން ސްޓޭޓަސް އަޕްޑޭޓްތައް ބެލުމާއި ޕޯސްޓް ކުރުމުގެ ގާބިލުކަމާއި ލައިވް ލޮކޭޝަނާ ގުޅޭ ބައެއް ފަންކްޝަނަލިޓީ ފަދަ ބައެއް ފީޗާތައް ރަނގަޅަށް މަސައްކަތް ނުކޮށްދާނެ އެވެ. ވަޓްސްއެޕުން ވަނީ މި އެޕްލިކޭޝަންގެ މުސްތަގުބަލުގައި އަޕްޑޭޓެއްގައި ބަގް ފިކްސްތަކާއި އިމްޕްރޫވްމަންޓްތައް ތައާރަފު ކުރަން ނިންމައިފަ އެވެ. ވަޓްސްއެޕް ބީޓާ އައިއޯއެސް ޕްރޮގްރާމަށް އެކްސެސް ލިބޭ ކަސްޓަމަރުންނަށް މިއަދުން ފެށިގެން އެޕް އިންސްޓޯލް ކުރެވޭނެ އެވެ.
ވަޓްސްއެޕުން އަންނަނީ 31 ބައިވެރިންނާއެކު ގްރޫޕް ކޯލެއް ފެށުމަށް އާ ފީޗާއެއް ތައާރަފް ކުރަމުންނެވެ. އާ އަޕްޑޭޓަކީ އެންޑްރޮއިޑްގެ ކޯލް ޓެބްއަށް ކުދި ކުދި އިމްޕްރޫވްމަންޓްތަކާއެކު އަންނަ އަޕްޑޭޓެއް ކަމަށާއި ބައެއް ބީޓާ ޓެސްޓަރުންނަށް ވެސް މި އަޕްޑޭޓް ލިބެން ހުންނާނެ އެވެ.