އޭނާ ވެރިކަމާ ހަވާލުވެވަޑައިގަންނަވާ ދުވަހަކީ ސިޔާސީ ނުފޫޒުން ޖުޑިޝަރީ އެއްކިބާވާ ދުވަހަށް ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީން މިރޭ ގެނެސްދިން “އާސްކް މުޢިއްޒު“ ޕްރޮގްރާމުގައި ޑރ.މުޢިއްޒު ވިދާޅުވީ އޭނާ ބޭނުންވަނީ ޖުޑިޝަރީއަކީ ސިޔާސީ ނުފޫޒުން އެއްކިބާ ވެފަހުރި ތަނަކަށް ހަދަން ކަމަށާއި އޭނާގެ ސަރުކާރެއްގައި ޖުޑިޝަރީއަށް އެއްވެސް ނުފޫޒެއް ނުފޯރާނެ ކަމަށެވެ.
އަދި އޭނާ ވެރިކަމާ ހަވާލުވެވަޑައިގަންނަވާ ދުވަހަކީ ސިޔާސީ ނުފޫޒުން ޖުޑިޝަރީ އެއްކިބާވާ ދުވަސް ކަމަށް މުޢިއްޒު ވިދާޅުވިއެވެ.
“އަޅުގަނޑު ސަރުކާރާ ހަވާލުވެގެންދާ ދުވަސް ވެގެންދާނީ މި ނުފޫޒުގެ ބިރުވެރިކަމުން ޖުޑިޝަރީ މިނިވަންވާ ދުވަސް.“
އެ ހިސާބުން ރައީސް ޔާމީން ޢަބްދުލްޤައްޔޫމް މިނިވަންވާނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ. އަދި އެމަނިކުފާނު ޖަލަށް ލާފައިވަނީ ސިޔާސީ ހުކުމެއް ކޮށްގެން ކަމަށް ވެސް މުޢިއްޒު ވިދާޅުވިއެވެ.