ކެބިނެޓުގެ މަގާމުތަކަށް އައްޔަން ކުރާނީ އެ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ ބޭފުޅުން ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ޑރ.މުޢިއްޒު މިހެން ވިދާޅުވީ ސަންގު ޓީވީން މިރޭ ގެނެސްދިން “އާސްކް މުޢިއްޒު“ ޕްރޮގްރާމުގަ ބައިވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުންނެވެ.
ޑރ.މުޢިއްޒު ވިދާޅުވީ އޭނާގެ ސަރުކާރެއްގައި ގާއިމުކުރާ ކެބިނެޓްގައި ތިއްބަވާނީ އެ ދާއިރާތަކުން ތައުލީމާއި ދާއިރާތަކުގެ ތަޖުރިބާ ހޯދާފައިވާ ބޭފުޅުން ކަމަށެވެ.
”ވަކި މީހަކު ބުނާ މީހަކު ލައިގެން ނުވަތަ ވަކި ޕާޓީއަކުން ބުނީމަ ލައިގެން ނޫނިއްޔާ ވަކި މީހެއްގެ ރެކޮމެންޑޭޝަނެއް އައިސްގެން ކަންކަން ރަނގަޅު ނުވާނެ.“
މުޢިއްޒު ވިދާޅުވީ ވެރިކަމަށް ކުރިމަތިލެއްވީ ވަަރަށް ސީރިއަސްކަމާއެކީގައި ކަމަށާއި އޭނާ ބޭނުންވަނީ ހަގީގީ މާނައިގައި ރައްޔިތުންނަށް ކުރިއެރުން ގެނެސްދޭން ކަމަށެވެ.