ހަތަރު ކިލޯގެ މަސްތުވާތަކެއްޗާއެކު ދެ ދިވެހިންނާއި ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ހައްޔަރުކުރީ 23 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ފިރިހެނަކާއި 35 އަހަރުގެ މީހަކާއި 37 އަހަރުގެ މީހެކެވެ. މީގެތެރެއިން 35 އަހަރުގެ މީހާއާއި 37 އަހަރުގެ މީހާއަކީ ބަންގްލަދޭޝްގެ ދެ މީހުންނެވެ.
”ފުލުހުންގެ ބަޔާނުން، މި ފަރާތް ހަވާލުވާން އައިސްފައިވާ 7 ދާގީނާ (ކަރުދާސް ފޮށިގަނޑު) ބަލައި ފާސްކުރި ކުރުމުން 5 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ބަޔާންކޮށްފައިވެއެވެ. މި ތަކެތީގެ ބަރުދަނުގައި 4.3 ކިލޯ ގްރާމް ހުރި ކަމަށް ދައްކާ.“ ކްރިމިނަލް ކޯޓުން މިއަދު ނެރުނު އަމުރުގައިވެއެވެ.
އެ މީހުންގެ ތެރެއިން ދެ ދިވެހިންގެ ބަންދަށް ޖެހީ 5 ދުވަހެވެ. ދެ ބިދޭސީންގެ ބަންދަށް ޖެހީ 10 ދުވަހެވެ.