އްޖޭގެ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ފެންނަ ނުފެންނަ ވޯޓަކަށް ދާން ތާއީދުކުރާ ކަމަށް ޕީޕީއެމްއިން މިއަދު ބުނެފިއެވެ.
ރާއްޖޭގައި މިހާރު އޮތީ ރިޔާސީ ނިޒާމެކެވެ. އެ ނިޒާމު ކަނޑައެޅީ 2007 ވަނަ އަހަރު ރައްޔިތުންގެ މެދުގައި ނެގި ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއިންނެވެ.
ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި ދަ ޑިމޮކްރެޓްސްއިން އަންނަނީ ނިޒާމީ ވޯޓަކަށް ދާންޖެހޭ ކަމަށް ވަކާލާތު ކުރައްވަމުންނެވެ. އެގޮތުން ރިޔާސީ އިންތިޚާބުގެ ކުރިން ވޯޓަކަށް ދިއުމަށް އެ ޕާޓީން ވަނީ ހުށަހަޅާފައެވެ.
ޕީޕީއެމްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ޠަލާލް ވިދާޅުވީ 2007 ވަނަ އަހަރު ވެސް ވެރިކަމުގެ ނިޒާމު ކަނޑައަޅާފައިވަނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށާއި ދެންވެސް ވެރިކަމުގެ ނިޒާމެއް ކަނޑައަޅާނީ ރައްޔިތުން ކަމަށްވާއިރު ނިޒާމީ ވޯޓަކަށް ދިއުމުގައި މައްސަލައެއް ނެތް ކަމަށެވެ.
ނަމަވެސް ރިޔާސީ އިންތިޚާބުގެ ކުރިން އެފަދަ ވޯޓަކަށް ދާން ވަގުތެއް ނެތްކަން އޭނާ ފާހަގަކުރެއްވިއެވެ.
ޠޮލާލް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ފަހުން ނިޒާމީ ވޯޓަކަށް ދާން ޕީޕީއެމްއިން ވެސް ތާއީދުކުރާ ކަމަށެވެ.
ނަސީދު ބޭނުންވާ ކޮމްމެކަމަކަން ޕޕމ ތާއީދުކުރަނީ ގޮތް ހުސްވީތަ