ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ހަތަރު އަތޮޅަކަށް ކުރައްވާ ދަތުރުފުޅުގައި މާދަމާ ފުރާވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ޕީޕީއެމްއިން މިއަދު ބުނެފިއެވެ.
ޕީޕީއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަދި މުޢިއްޒުގެ އިންތިޚާބީ އެޖެންޓް މުޙައްމަދު ޠަލާލް ވިދާޅުވީ ޑރ.މުޢިއްޒު ހަތަރު އަތޮޅަކަށް ކުރައްވާ ދަތުރުފުޅުގައި މާދަމާ ހެނދުނު ފުރާވަޑައިގަންނަވާނެ ކަމަށެވެ. އެ ހަތަރު އަތޮަކީ ނ.އަތޮޅު (މިލަދުންމަޑުލު ދެކުނުބުރި)، ރ.އަތޮޅު (މާޅޮސްމަޑުލު އުތުރުބުރި)، ބ.އަތޮޅު (މާޅޮސްމަޑުލު ދެކުނުބުރި) އަދި ޅ.އަތޮޅު (ފާދިއްޕޮޅު) ކަމަށް ޠަލާލް ވިދާޅުވިއެވެ.
ޠޮލާލް ވިދާޅުވީ ޅ.އަތޮޅުން މުޢިއްޒު ވަޑައިގަންނަވާނީ ހަމައެކަނި އޮޅުވެލިފުށްޓަށް ކަމަށާއި އެއީ ފުރަތަމަ ބުރުގައި އެ ރަށަށް ވަޑައިނުގެންނެވުނީތީ ކަމަށެވެ.
އެއަށްފަހު 22 ވަނަ ދުވަހު އެނބުރި މާލެ ވަޑައިގަންނަވާނެ ކަމަށް ޠޮލާލް ވިދާޅުވިއެވެ.
”އެނބުރި ވަޑައިގެންފައި ކުޅުދުށްފުށްޓަށް އަދި ވަޑައިގަންނަވާނެ. 22 ވަނަ ދުވަހުގެ ރޭ.“
ދެވަނަ ބުރުގައި ޑރ.މުޢިއްޒު މިހާރު ވަނީ އަރިއަތޮޅާއި ބޮޑުތިލަދުންމަތީގެ ރަށްތަކުގެ ތެރެއިން 30 ރަށަށް ދަތުރުކުރައްވައިފައެވެ.