ބޮލީވުޑްގެ ފިލްމުތައް އުފައްދާ އަނޫރާގް ކަޝްޔަޕްގެ ދަރިފުޅު އާލިޔާ ކަޝްރަޕް ބަރުދަން ލުއި ކުރި ސަބަބު ހާމަކޮށްފިއެވެ.
މި ފަހުން އޭނާ ދިން އިންޓަވިއުއެއްގައި އާލިޔާ ހާމަކޮށްފައިވާ ގޮތުގައި ފަލަކޮށް ހުންނަ ކަމަށް ބުނެ އޭނާ ދާ ކޮންމެ ތާކުން އެކި އެއްޗެހި ކިޔާ ކަމަށާއި އެކަމުގެ ސަބަބުން އޭނާއަށް ނަފްސާނީ ގޮތުން ވެސް އަސަރު ކުރި ކަމަށެވެ.
އޭނާއަކީ ވަރަށް ގިނައިން ކައި އުޅޭ މީހެއް ކަަމަށާއި ގިނައިން ކެއި ނަމަވެސް މީގެ ކުރިން އޭނާ ފަލަ ނުވާ ކަމަށެވެ. ނަމަވެސް އޭނާ ފަލަވީ ކުއްލިއަކަށް ކަމަށާއި އެކަމުގެ ސަބަބުން ވަރަށް ގިނަ ވަގުތު ކަސްރަތު ކުރުމުގައި ވެސް އޭނާ ހޭދަކުރަން ޖެހުން ކަމަށް އާލިޔާ ވަނީ ހާމަކޮށްފައެވެ.
އާލިޔާ ހާމަކޮށްފައިވާ ގޮތުގައި އެކި މީހުން ތިބޭނީ އެކި ގޮތަށް ކަމަށާއި މީހުންގެ ސިފައާއި ބެހޭގޮތުން އެހެން މީހުން ބަސްބުނެ ހަދާނަމަ އަމިއްލަ ނަފްސަށް އޮތް އިތުބާރު ގެއްލޭ ކަމަށާއި އެއީ ކޮންމެހެން ވެސް ކޮށްގެން ނުވާ ކަމެއް ކަމަށެވެ.
Balaga manje aalia aee maheyshbutt ge dhariekey