ބޮލީވުޑްގެ ބަތަލާ ވިދްޔާ ބަލަން އޭނާގެ މަންމަ ކުރި ކަމަކުން މަންމައާވާހަކަ ނުދައްކާ އުޅުނު ކަމަށް ވިދްޔާ ހާމަކޮށްފިއެވެ.
މި ފަހުން ދީފައިވާ އިންޓަވިއުއެއްގައި ވިދްޔާ ހާމަކޮށްފައިވާ ގޮތުގައި އޭނާގެ ހަށިގަނޑު ފަލަ ކަމަށް ބުނެ ގިނަ ބަޔަކު އޭނާއަށް މަލާމަތް ކުރާ ކަމަށާއި އެގޮތުން ގިނަ ފިލްމު ތަކުން ވެސް ފަލަ ކަމަށް ބުނެ އޭނާ ބޭރު ކޮށްފައިވާ ކަމަށެވެ.
އެކަމަކީ އޭނާ އިންތިހާއަށް ދެރަވާ ކަމެއް ކަމަށާއި ވަރަށް ގިނައިން މަންމަ ކައިރީ އެކަމާ ރޮއެ ވެސް ހެދި ކަމަށެވެ. އެގޮތުން ވިދްޔާ ކަސްރަތު ނުކޮށް އަބަދު ކަނީ ކަމަށް ގިނަ މީހުން ހާމަ ކުރުމުން މަންމަ އޭނާގެ ޑައިޓްއަށް ވަރަށް ހަރުކަށިވި ކަމަށް ވިދްޔާ ވަނީ ހާމަކޮށްފައެވެ.
އެގޮތުން ގިނައިން ކަސްރަތު ކުރުވާ ކޮންމެ ކޮންމެ އެއްޗެއް ކާން މަންމަ ގަބޫލު ނުވާތީ އެކަމާ އޭރު މަންމައާ ރުޅިއަށް އުޅުން ކަމަށާއި ނަމަވެސް މިހާރު އޭނާއަށް އެކަން ވަނީ މަޖަލަކަށް ކަމަށް ވެސް ވިދްޔާ ވަނީ ހާމަކޮށްފައެވެ.