ބޮލީވުޑްގެ ކުޅަދާނަ ދެ ބަތަލުން ޝާހް ރުކް ޙާން އާއި ސަލްމާން ޙާން އެކުގައި ފެނިގެންދާ ފިލްމު ”ޓައިގާ ވާސަސް ޕަތާން“ 2025ގައި ނެރޭނެ ކަމަށް މީޑިއާ ތަކުން ހާމަކޮށްފިއެވެ.
މީޑިއާ ތަކުން ހާމަކޮށްފައިވާ ގޮތުގައި ސަލްމާންގެ ކުރިއަށް ޓައިގާ 3 އަށްފަހު މި ދެ ފަންނާނުން ”ޓައިގާ ވާސަސް ޕަތާން“ގެ ޝޫޓިން ފަށާނެ ކަމަށާއި މިއީ ބޮޑު ބަޖެޓަކުން އުފައްދާ ފިލްމެއް ކަމަށެވެ.
މި ފިލްމުގެ ޝޫޓިން އަންނަ އަހަރު ނިންމާލާނެ ކަމަށާއި ނަމަވެސް ފިލްމު ބެލުންތެރިންއާއި ހަމައަށް ނެރޭނީ 2025 ގައި ކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.
ސަލްމާން ޙާން ވަނީ ޝާހްގެ ”ޕަތާން“ ފިލްމުގައި ހާއްސަ ފެނިލުމަކުން ފެނިފައެވެ. މީޑިއާ ތަކުން ހާމަކޮށްފައިވާ ގޮތުގައި ސަލްމާންގެ ކުރިއަށް އޮތް ފިލްމު ޓައިގާ 3 ގެ ހާއްސަ ފެނިލުމަކުން ޝާހް ވެސް ފެނިގެން ދާނެއެވެ.