ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރ ކަރަން ޖޯހަރު ”ޓުވިޓާ“ ބޭނުން ކުރުން ހުއްޓާލީ އޭނާގެ ދަރިން ޔާޝްއާއި ރޫހީއާ ބެހޭ ގޮތުން އެއްޗެހި ކިޔާތީ ކަމަށް ކަރަން ހާމަކޮށްފިއެވެ.
އެގޮތުން އޭނާގެ ދަރިންއަކީ އޭރު 5 އަހަރުގެ ކުދިން ކަމަށާއި ދަރިންއާއި ބެހޭ ގޮތުން އެއްޗެހި ކިޔާ ނަމަ އެކަން ބަލައި ނުގަނެވޭނެ ކަމަށް ވެސް ކަރަން ވަނީ ހާމަކޮށްފައެވެ. އަދި އޭނާގެ ވިސްނުމުގައި ދެން އަނބުރާ ޓުވިޓާއަށް އައުމެއް ނެތް ކަމަށް ވެސް ކަރަން ވަނީ ހާމަކޮށްފައެވެ.
އޭނާ ޓުވިޓާގައި ނޫޅުން ނަމަވެސް އޭނާގެ ކުންފުނީގެ ނަމުގައި އެކައުންޓެއް އިންނާނެ ކަމަށާއި ޓުވިޓާއަކީ މުހިއްމު ޕްލެޓްފޯމެއް ކަމަށް ވެސް ކަރަން ވަނީ ހާމަކޮށްފައެވެ.
ކަރަން ޓުވިޓާ ބޭނުން ކުރުން ހުއްޓާލާފައިވަނީ ކަރަން އަކީ ”ނެޕޮޓިޒަމް“އަށް ތާއިދުކޮށް ބޮލީވުޑް ތަރިންގެ ދަރިންއަށް އެކަނި ފުރުސަތު ދޭ ފަންނާނެއް ކަމަށް ބުނެ އާއްމުން ފާޑު ކިޔަން ފެށުމުންނެވެ.