ބޮލީވުޑްގެ ބަތަލް ރަންބީރު ކަޕޫރު މަސައްކަތް ކުރަނީ މެނޭޖަރެއް ނެތި އެކަނި ކަމަށް ޑައިރެކްޓަރ ކަރަން ޖޯހަރު ހާމަކޮށްފިއެވެ.
މި ފަހުން އޭނާ ހާމަކޮށްފައިވާ ގޮތުގައި ރަންބީރަކީ އޭނާއަށް ފެނުން ވަރަށް ތަފާތު ބަތަލް އެއް ކަމަށާއި އެގޮތުން އޭނާގެ އެއްވެސް ކަމެއް އެހެން މީހަކަށް ނުޖައްސާ ކަމަށެވެ.
އޭނާ މަސައްކަތް ކުރަނީ މެނޭޖަރެއް ނެތި އެކަނި ކަމަށާއި އެގޮތުން އޭނާގެ ޝޫޓިން ތަކާއި އެކި އިންޓަވިއުތައް އޮންނަ ޝެޑިއުލްތަކަށް ގޮސް ހަދަނީ އަމިއްލަ އަށް ކަމުން އޭނާގެ ޗުއްޓީ ދުވަސްތަކާއި އެހެން ދުވަސްތައް ވެސް އަމިއްލަ އަށް މެނޭޖުވާ ކަމަށް ކަރަން ވަނީ ހާމަކޮށްފައެވެ.
އެގޮތުން ޕްރޮފެޝަނަލް ކަމަކީ އެއީ ކަމަށާއި އެހެން މީހަކަށް ބަރޯސާ ނުވެ އަމިއްލައަށް ކަންކަން ކުރެވެން ޖެހޭނެ ކަމަށް ކަރަން ވަނީ ހާމަކޮށްފައެވެ.