ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށްޓަކައި ރަނގަޅު ކާނާ ކެއުމެކޭ އެއްފަދައިން އަނގައި ތެރެ ސާފުކޮށް ބެހެއްޓުމަކީ ވެސް ނުހަނު މުހިއްމު ކަމެކެވެ. އަނގައި ތެރެ ސާފުކުރުމުގެ ގޮތުން ދަތްތައް ރަނގަޅަށް ސާފުކޮށް ބެހެއްޓުން މުހިއްމެވެ. ސަބަބަކީ މިއީ އަނގަ ތެރޭގައި ހުންނަ ޖަރާސީމު މަދު ކޮށް ދޭ ކަމެކެވެ.
ސްޓޯބެރީއަކީ ދަތްތައް ހުދުކުރުމުގައި އެހީތެރިވެދޭ އެއްޗެކެވެ. މިއީ ދަތްތައް ހުދުކުރުމަށް މަސައްކަތް ކުރާ އެންޒައިމެއް އެކުލެވިގެންވާ ކާނާއެކެވެ. އެގޮތުން ދަތްތަށް ހުދު ކުރުމުގައި ދަތުގައި ސްޓޯބެރީ އުނގުޅާށެވެ. ނުވަތަ މީގެން ޕުރީއެއް ހެދުމަށްފަހު އެ ޕޭސްޓުގަނޑު ދަތްތަކުގައި އުނގުޅާށެވެ.


ސްޓޯބެރީ އެކޭ އެއްފަދައިން ދޮންކެޔޮ އަކީ ވެސް ދަތްތަކަށް ޖަވާހިރެއް ފަދަ މޭވާއެކެވެ. ދޮންކެޔޮ ތޮށީގެ އެތެރެ ބައި ދެ މިނެޓު ވަންދެން ދަތްތަކުގައި އުނގުޅާށެވެ. މިކަންތައް ދެ ހަފްތާ ވަންދެން ކޮންމެ ދުވަހަކު ތަކުރާރު ކުރަން ވާނެއެވެ. މިއީ ދަތް ހުދުކޮށްދޭ ކަމެއް ކަމަށް ފާހަގަކޮށްލެވެއެވެ.

އާފަލަކީ މީގެ ތެރޭގައި އެކުލެވޭ ކާނާ އެކެވެ. އާފަލަށް ގުދުރަތީ ދަތް އުނގުޅާ ބުރުސް ވެސް ކިޔާ އުޅެއެވެ. މިހެންކަމުން ކްރިސްޕް އެތައް މޭވާއެއްގެ އިތުރުން ކެރޮޓާއި ސެލެރީ ފަދަ ރޯ ތަރުކާރީ އަކީ ޕްލޭގް އަދި ޓަރްޓަރް ދަތުން ނައްތާލައިދޭން އެހީތެރިވެދޭ ކާނަ އެވެ. އަދި މިއީ ދަތްފަނި ކެއުމަށް މަސައްކަތް ކުރާ ޖަރާސީމުތައް ނައްތާލައިދީ، ދަތްތަށް ސާފުކޮށްދޭ އެއްޗެއްވެސް މެއެވެ.