އެމްޑީޕީގައި ވެސް ގިނައީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ނޫން ގޮތެއް ބޭނުންވާ މީހުން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް މިރޭ ވިދާޅުވެއްޖެއެވެ.
ޕީޕީއެމް/ޕީއެންސީން މިރޭ ބޭއްވި ކަންމަތީ ބައްދަލުވުމުގައި ޝިޔާމް ވިދާޅުވީ އިންތިޚާބެއްގައި ރައްޔިތުން %38 ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަވާ ބޭފުޅަކަށް ދިނީމަ އެ ސަރުކާރެއްގެ ލެޖިޓިމަސީއެއް ނޯންްނާނެ ކަމަށާއި ސަރުކާރު ލެޖިޓިމޭޓްވާނެ ހަމަ އެއްވެސް ހަމައެއް ނޯންނާނެ ކަމަށެވެ.
ޝިޔާމްގެ ވިދާޅުވީ އިންތިޚާބަށް ނުފޫޒު ފޯރުވަން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވަރަށް ގިނަ ކަންކަން އެބަަކުރައްވާ ކަމަަށެވެ. ނަމަވެސް ރައީސް ޞާލިޙަކަށް ދިވެހި ރައްޔިތުންގެ ފައިސާއިން ދިވެހި ދައުލަތުގެ މާލިޔާއިން ސިޔާސީ ބޭނުމަށް އެއްވެސްް ޚަރަދެއް އަދި ޚަރަދު ހިނގާ ވައުދެއް ކުރެވިގެން ނުވާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
”އެ ކުރެވުނީ ގާނޫނީ ކުށެއްް. ފުރަތަމަ ބުރާ ސެޕްޓެމްބަރު 30 ވަނަ ދުވަހާ ހިސާބަށް މި 21 ދުވަހުގައި ހޭދަކުރައްވައިފި ދިވެހި ދައުލަތުން ތިން މަސް ދުވަހަށް ހޭދަކުރާ ފައިސާ.. މި 21 ދުވަސް އަދި ހަމަނުވެ މި އުޅެނީ.“
ދިވެހި ރައްޔިތުންގެ މާލިއްޔާއިން މިވަރަށް ޚިޔާނަތްތެރިވީމަ ދެން އެ މީހަކު އިންސާާފުވެރިވާނީ ކިހިނެެއްތޯ ވެސް ޝިޔާމް ސުވާލު ކުރެއްވިއެވެ.