ލ.ކައްދުއާއި ގާދުއާއި ކަޅައިދޫގައި އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންދަން ނިންމާފައިވާތީ އެ ސަރަހައްދުން ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން އެދިއްޖެއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކުރި ގޮތުގައި މި މަހުގެ 30 އިން އޮކްޓޫބަރު 02 އަށް މިއިން ކޮންމެ ދުވަހެއްގެ 18:00 އިން 23:59 އަށް އަދި 00:00 އިން 06:00 އަށް ކައްދުއާއި ގާދުއާއި ކަޅައިދޫގައި އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް އެ މިނިސްޓްރީއަށް ވަނީ އަންގާފައެވެ.
މި ތަމްރީނުގައި ވައިގެ ސަރަހައްދު ބޭނުންކުރާނެ ގޮތުގެ ތަފްސީލް:
1.ބޭނުންކުރާ ހަތިޔާރު/ ޕައިކޯޓެކްނިކްސް : ޕައިރޯ ޓެކްނިކްސް
2.ވައިގެ ސަރަހައްދު ބޭނުންކުރޭނެ އެންމެ ދުރުމިން: 100 މީޓަރު
3.ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިން: 50 މީޓަރު
4.ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިން: ސީ.ލެވެލް
5.ވައިގެ ސަރަހައްދު ބޭނުންކުރާނެ ތަން: ކައްދޫ, ގާދޫ އަދި ކަޅައިދޫއާއި ދިމާ މަތި
މީގެއިތުރުން މާދަމާއިން ފެށިގެން މި މަހުގެ 24 އަށް ކޮންމެ ދުވަހެއްގެ 18:00 އިން 23:59 އަށް ކައްދޫގައި އަސްކަރީ ތަމްރީންތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި އޮކްޓޫބަރު 01 އިން 04 އަށް ކޮންމެ ދުވަހެއްގެ 18:00 އިން 23:59 އަށް ކައްދޫގައި ތަމްރީންތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މި ތަމްރީނުތަކުގައި ވައިގެ ސަރަހައްދު ބޭނުންކުރާނެ ގޮތުގެ ތަފްސީލް:
1.ބޭނުންކުރާ ހަތިޔާރު/ ޕައިކޯޓެކްނިކްސް : މެޝިންގަން ޕިސްޓަލް
2.ވައިގެ ސަރަހައްދު ބޭނުންކުރޭނެ އެންމެ ދުރުމިން: 3800 މީޓަރު
3.ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިން: 200 މީޓަރު
4.ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިން: ސީ.ލެވެލް
5.ވައިގެ ސަރަހައްދު ބޭނުންކުރާނެ ތަން: ކައްދޫ ޓްރޭނިންގ ސެންޓަރުގެ ރޭންޖްއިން އިރު ދެކުނު