ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދުގެ 05 ވަނަ މާއްދާގެ ދަށުން މަޝްރޫއުއެއްގެ މުގާބިލުގައި ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކުރުމަށް ކަނޑައަޅާފައިވާ ރަށްރަށާއި ބިންބިމާއި ފަޅުތަކުގެ ލިސްޓު އިސްލާހުކޮށް މިއަދު އާންމުކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އިސްލާހުކޮށް އާންމުކުރި ލިސްޓުގައި ރަށްރަށާއި ބިންބިމާއި ފަޅުތައް ހިމެނޭހެން 30 ތަނެއް ހިމެނެއެވެ.
މިއަދު އާންމުކުރި ލިސްޓު:
ށ.ކުޑަޅައިމެންދޫ
ށ.ފުށިފަރު
ށ.ބަނޑައިދިއްދޫ
ނ.ކުންނަމަލެއި
ނ.ދެކެނަންފަރު
ނ.ދިގުފަރު (ފަޅު)
ރ.ކުކުޅުދުއްފަރު
ރ.ފެންފުށި
ރ.ދޮރަގަލި
ޅ.މެއްޔަފުށި
ކ.ފަޅު 1
ކ.ފަޅު 2
ކ.ފަޅު 3
ވ.ދިއްގަރު ފަޅުން (400 ހެކްޓަރު)
ވ.ފޮއްތެޔޮ ފަޅުން (100 ހެކްޓަރު)
ވ.ފޮއްތެޔޮފަޅުން (ޕްލޮޓް އޭ: 350 ހެކްޓަރު)
ވ.ފޮއްތެޔޮފަޅުން (ޕްލޮޓް ބީ: 350 ހެކްޓަރު)
ފ.އަދަންގައު
ދ.މާދެލި
ދ.ކިރައިދޫ
ތ.ކުރަނދުވަރު
ތ.މާގުޅި
ތ.ދިއްފުށި
ތ.ކާއްޑޫ
ތ.ކަޅުފަހަލަފުށި
ތ.ގާލީ
ލ.ފޮނަގާދޫ
ގއ.ފުލަނގި
ގދ.މާރެހާ
ގދ.ކޮޑެގަލާ
ކްރޮސް ސަބްސިޑީގެ ދަށުން ކުރިއަށްގެންދާ މަޝްރޫއުތަކަކީ ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގުތިސާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖުތިމާއީ ސިޔާސަތެއްގެ ދަށުން ހިންގުމަށް ސަރުކާރުން ކަނޑައަޅާ މަޝްރޫއުތަކެވެ. ކްރޮސް ސަބްސިޑީގެ ގޮތުގައި ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދޫކުރާއިރު އެ ތަނެއްގެ ކުލީގެ އެއްބަސްވުމުގައި އެ ތަނެއް ހިންގުމަށް ހުއްދަ ދޫކުރެވޭނީ މަޝްރޫއު ނިމުމުން ނުވަތަ މަޝްރޫއު އެއްކޮށް ނިންމަން ބޭނުންވާ ޖުމްލަ ފައިސާ ދައުލަތާ ހަވާލުކުރުމުންނެވެ.