ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައްޔިތުން ވަނީ ނަތީޖާ ދައްކާފައި ކަމަށާއިި ޕީޕީއެމް/ޕީއެންސީ މިހާރު އޮތީ ސަރުކާރަށް އަތުޖެހޭ ހިސާބަކު ނޫންކަމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަޙްމަދު ޠާރިޤް (ޓޮމް) މިއަދު ވިދާޅުވެއްޖެއެވެ.
ޓޮމް މިހެން ވިދާޅުވީ ޕީޕީއެމް/ޕީއެންސީން މިއަދު ހަވީރު ލ.ގަމުގައި ބޭއްވި ކެމްޕޭން ހަރަކާތުގައި ދެއްކެވި ވާހަކައިގައެވެ.
ޓޮމް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައްޔިތުން ވަނީ ނަތީޖާ ދައްކާފައި ކަމަށާއިި މެޗުގެ 10 މިނެޓަށް ދިޔައިރު ނަތީޖާ އޮތީ 7-0 ގައި ކަމަށެވެ.
ނަތީޖާ މިހެން އޮތްއިރު މާރިޔާ ކަހަލަ “މުސްކުޅި ދައިތައަކު“ އިދިކޮޅު ޓީމާ ދެކޮޅަށް ކުޅެން ނިކުތީމަ ދެން ވާނެ ގޮތް އެނގޭނެ ކަމަށް ވެސް ޓޮމް ވިދާޅުވިއެވެ.
“އަޅުގަނޑުމެންގެ ޒުވާނުން މި ތިބީ ކުޅެން ނުކުމެ. އަޅުގަނޑުމެން ފޯވާޑަކަށް ނުކުތީމަ މާރިޔާ ޑިފެންޑަރަކަށް ލީމަ ރައީސް ޞާލިޙަށް ދެން ވާނެ ގޮތް އެނގިލައްވާނެ. ކިރިޔަ ކިރިޔާ ހަމަ ދުވެލެވޭނީ.“
“އަޅުގަނޑުމެން މި ތިބީ ގޯލް ޖަހަން ނުކުމެ“ ޓޮމް ވިދާޅުވިއެވެ.
ޓޮމް ވިދާޅުވީ ސެޕްޓެމްބަރު 30 ވަނަ ދުވަހު ބޮޑު ތަފާތަކުން ސަރުކާރު ބަލިކުރުމަށްފަހު ޑރ.މުޙައްމަދު މުޢިއްޒުގެ ވެރިކަމެއް ގާއިމުކުރާނެ ކަމަށެވެ.
Aan thiothy vaa forward eh, Irehga goal jehunakas mihaaraku nujeheyne MDP kairy fathigandu ves firukai nuleveyne