އެއް ހޮރުން ދެފަހަރު ކަށި ނުޖެހޭނެކަމަށް ބުނާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ކުރީގެ ރައީސް ނަޝީދު މިހެން ވިދާޅުވީ އެމަނިކުފާނުގެ ނުރަސްމީ އެކައުންޓުން މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
“އެއް ހޮރުން ދެފަހަރު ކަށި ނުޖެހޭނެކަމަށް ބުނަނީ.“
މިއީ އެމްޑީޕީއަށް އަމާޒު ކުރައްވައި ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ކަމަށް ބެލެވެއެވެ.
ދެވަނަ ބުރަށްފަހު ނިޒާމީ ވޯޓެއް ނަގަން އެމްޑީޕީން އެއްބަސްވެއްޖެ
ނަޝީދުގެ ދަ ޑިމޮކްރެޓްސްއިން ވަނީ މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކުރިން މި މަހުގެ 25 ވަނަ ދުވަހު ނިޒާމީ ވޯޓެއް ނެގުމަށް އެމްޑީޕީއާއި ޕީޕީއެމް/ޕީއެންސީއަށް ހުށަހަޅައިފައެވެ.
މިކަމާ ގުޅިގެން އެމްޑީޕީން ބުނަނީ ނިޒާމް ބަދަލުކުރުމާ ގުޅޭ ގޮތުން ކުރިއަށް އޮތް ހަފުތާތެރޭގައި ވޯޓެއް ނެގުމަކީ ކުރެވިދާނެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް ދެވަނަ ބުރަށްފަހު ޑިމޮކްރެޓްސްއިން ހުށަހަޅާ ތާރީޚެއްގައި ނިޒާމީ ވޯޓެއް ނަގަން ތާއީދު ކުރާނެ ކަމަށެވެ.
2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީން އެކުލަވައިލި ރިޔާސީ މެނިފެސްޓޯގައި ފާހަގަކޮށްފައިވާ އެންމެ މުހިންމު އެއް ކަމަކީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމެވެ. ނަމަވެސް ސަރުކާރުން އެ ވައުދު ނުފުއްދުމުން, ބަރުލަމާނީ ނިޒާމު ގެނައުމާ ގުޅޭ ގޮތުން ރައީސް ނަޝީދު އެމްޑީޕީގެ ކޮންގްރެސްއަށް ގަރާރެއް ވެސް ހުށަހެޅުއްވިއެވެ. ނަމަވެސް އެކަމަށް ރައީސް ޞާލިޙް ދެކޮޅު ހެއްދެވުމުން ގަރާރު އަނބުރާ ގެންދެވީއެވެ.
ފާޑެއްގެ ބާއީގުރޫޕަކާއި ގުޅިގެން ކުރިއަށްދާ ހަރަކާތުގެ ސަބަބުން މަނިކުފާނުގެ ސިއާސީކެރިއަރު ފުޑުފުވަމުން ދާތަންފެންނަމުން ދާތަން ފެންނަމުން ދަނީ