މާލެއިން ގެއްލިގެން ހޯދަމުން އައި އއ. މާޅޮސް / ހުސްނޫވިލާ ޢަލީ ރިޝާން (21އ) އޭނާގެ އާއިލާއަށް ގުޅާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ޢަލީ ރިޝާންގެ ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް އާއިލާއިން ފުލުހުންނަށް ރިޕޯޓުކުރީ ސެޕްޓެމްބަރު 15 ވަނަ ދުވަހުއެވެ.
އެގޮތުން ޢަލީ ރިޝާން ހޯދަމުންދާކަން ފުލުހުން އިއުލާނުކުރީ އިއްޔެގައެވެ.
ފުލުހުން މިއަދު ބުނ ޢަލީ ރިޝާން މިހާރު އޭނާގެ އާއިލާއަށް ގުޅާފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.