ސަރުކާރުގެ ކުންފުނިތައް އިވެލުއޭޓްކޮށް މޮނިޓަރކުރުމުގެ ޒިންމާ އަދާކުރާ ޕްރައިވެޓައިޒޭޓަން އެންޑް ކޯޕަރައިޓައިޝަން ބޯޑުގެ 3 މެންބަރެއްގެ ދައުރު ހަމަވެ މަޤާމުން ވަކިވެއްޖެއެވެ.
ދައުރު ހަމަވީ ޕީސީބީ ބޯޑުގެ ރައީސް އާސިމް މުޙައްމަދާއި، މެންބަރު އަލީ ޝަފީއު އާއި މެންބަރު ރުޝާހާ އަހުމަދު ޝަރީފްއެވެ.
އެ 3 މެންބަރުންގެ ދައުރު ވެސް ހަމަވީ މި މަހުގެ 16 ވަނަ ދުވަހުއެވެ.
7 މެންބަރުން ތިއްބަވާ ޕީސީބީގެ މެންބަރުންގެ ދައުރަކީ 4 އަހަރެވެ.
ދައުރު ހަމަވި 3 މެންބަރުން ޕީސީބީގެ ބޯޑަށް އައްޔަންކުރީ 2019 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 17 ވަނަ ދުވަހުއެވެ.
އާސިމް ފުރަތަމަ އައްޔަން ކުރީ އެ ބޯޑުގެ ނައިބު ރައީސްގެ މަގާމަށެވެ. ރައީސްގެ މަގާމަށް އޭނާ އައްޔަންކުރައްވާފައި ވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ.