ދަ ޑިމޮކްރެޓްސްއާއެކު ގިނަ ކަންކަމަށް މިހާރުވެސް އެއްބަސްވެވިފައިވާ ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ތަރުޖަމާނު މުހައްމަދު ތޮލާލް ވިދާޅުވެއްޖެއެވެ.
ތޮލާލް ވިދާޅުވީ ޑިމޮކްރެޓުންނާއެކު މަޝްވަރާތައް ކުރަމުންދާ ކަމަށާއި އޭގެތެރޭގައި ޑިމޮކްރެޓްސް އިން ހުށަހަޅާ އެންމެ މުހިއްމު ކަންތައް ކަމަށްވާ ވެރިކަމުގެ ނިޒާމީ ވޯޓާއި ގުޅޭ ކަންކަން ވެސް ހިމެނޭ ކަމަށެވެ.
”އަޅުގަނޑުމެންނަށް އަދި އެއްޗެއް ހާމަކުރެވޭނީ ދެބައި މީހުންނަށް ކޮންމެވެސް ވަރެއްގެ އެއްބަސްވުމަކަށް އާދެވިގެން. އެކަމަކު ވަރަށް ގިނަ ކަންތައްތަކަކަށް އެއްބަސްވެވިފައި މިހާރުވެސް ހުރީ،“ ތޮލާލް ވިދާޅުވިއެވެ.
ތޮލާލް ވިދާޅުވީ އެއްބަސްވުމެއްގައި ސޮއިކުރަން ބޭނުން ނުވާ ކަމަށް މުޅިން ނިންމާފައި ނުވާނެ ކަމަށާއި ސޮއިކުރަންޖެހިއްޖެ ނަމަ އެކަން ވެސް ކުރާނެ ކަމަށެވެ. އަދި އެއްޗެއްގައި ސޮއިކުރެވޭނީ މަޝްވަރާތަކަށް ފަހު ކަމަށް ތޮލާލް ވިދާޅުވިއެވެ.
ތޮލާލް އެފަދައިން ވިދާޅުވެފައި މި ވަނީ އިންތިހާބުގެ 2 ވަނަ ބުރުގައި ޑިމޮކްރެޓްސް އިން އަމަލުކުރާނެ ގޮތެއް ނިންމުމަށް މިރޭ އެ ޕާޓީގެ ވަގުތީ ކައުންސިލްގެ ބައްދަލުވުމެއް ބާއްވަން ވަނީ ނިންމާފައެވެ.
ކީކުރަންތަ ނަސީދުއާ އެއްބާވަނީ ދެރަކަމެއްތީދެން