ގަވާއިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަސްވެރިކަން ކުރަމުން ދިޔަ ބޭރުގެ 4 މަސްބޯޓެއް ގައުމީ ދިފާއީބަރު އެމްއެންޑީއެފްގެ ކޯސްޓް ގާޑުން އަތުލައިގެންފިއެވެ.
އެމްއެންޑީއެފުން ބުނީ ރާއްޖޭގެ ޚާއްސަ އިޤްތިސާދީ ސަރަހައްދުގައި ޤާނޫނާއި ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ އެ ބޯޓުތައް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އދ. މަހިބަދޫ ”އަސުރުމާ“ މަސްދޯނީގެ ފަރާތުން ފޯރުކޮށްދިން މަޢުލޫމާތުގެ އެހީގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
އެ އޮޕަރޭޝަން އަދިވެސް ކުރިއަށްދާ އިރު މިއީ ކޮންމެ ގައުމެއްގެ މަސް ބޯޓުތަކެއް ކަމެއް އެމްއެންޑީއެފުން ހާމަކޮށްފައެއް ނުވެއެވެ.