ހޯމަ, އޮކްޓޯބަރ 2, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

އަޅުގަނޑާއި އާއިލާ ތަހަންމަލް މިކުރަނީ މެޑަމް ފަޒުނާމެން އޭރުއްސުރެ ކުރި ފުރައްސާރަ- ކެޕްޓަން އިހްސާން

މާހިރު މުހައްމަދު ލިޔުނީ: މާހިރު މުހައްމަދު
ސެޕްޓެމްބަރ 18, 2023
ޚަބަރު
2
ރާއްޖޭގައި މި ވަގުތު އޮތް އަނދިރި ދައުލަތަކީ ކޮބައިކަން އިޙްސާން ވިދާޅުވެއްޖެ

އެމްއެންޑީއެފުގެ ކުރީގެ ކެޕްޓަން ޢަލީ އިޙްސާން

2012 ވަނަ އަހަރުން ފެށިގެން މިއަދާ ހިސާބަށް އަދިވެސް އެބޭފުޅާއާއި، ޢާއިލާ، ތަހަންމަލް ކުރަމުން ދަނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒުނާ އަހުމަދު އަދި އެބޭފުޅުންގެ އެކުވެރިން އޭރުއްސުރެ ކުރަމުން އަންނަ ފުރައްސާރަ ކަމަށް އެމްއެންޑީއެފްގެ ކުރީގެ ކެޕްޓަން އަލީ އިހްސާން ވިދާޅުވެއްޖެއެވެ. 

އިއްޔެ ހަވީރުގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ އަނބިކަނބަލުން ފަޒުނާ އަހުމަދު ހިޔާ ފްލެޓު ސަރަހައްދަށް ދިޔުމުން ފަޒުނާއާއި ދިމާލަށް ”ބާޣީ“ އޭ ގޮވައި ވަނީ އެ ސަރަހައްދުގައި ބަޔަކު ވަނީ އަޑުގަދަ ކޮށްފައެވެ.

އެކަމާއި ގުޅިގެން ފަޒުނާ ފޭސްބުކުގައި ދިގު ޕޯސްޓެއް ލިޔުއްްވާފައިވާ އިރު ފަޒުނާގެ ވާހަކަތަކާއި ގުޅުވައި ކެޕްޓަން އިހްސާން ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ އެއްވެސް މީހަކަށް ބާޣީއަށް ގޮވުމަކީ އެ މީހަކަށް ވެސް އަދި އެމީހެއްގެ އާއިލާއަށް ވެސް ތަހަންމަލްކުރަން ފަސޭހަވާނެ ކަމެއް ނޫން ކަމަށެވެ.

އެއީ ތަހުޒީބު މުޖުތަމަޢު އެއްގައި ކަން ކުރަންވާނެ ގޮތެއް ވެސް ނޫން ކަމަށް އިހްސާން ވިދާޅުވިއެވެ. 

”2012 ވަނަ އަހަރުން ފެށިގެން މިއަދާ ހިސާބަށް އަދިވެސް އަޅުގަނޑާއި އަޅުގަނޑުގެ ޢާއިލާ، ތަހަންމަލް ކުރަމުން މިދަނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ (ރައީސް ޞާލިހު) އާއި ފަސްޓް ލޭޑީ (މެޑަމް ފަޒުނާ) އަދި އެބޭފުޅުންގެ އެކުވެރިން އޭރުއްސުރެ އަޅުގަނޑުމެންނަށް ކުރަމުން އަންނަ ފުރައްސާރަ.“ 2012 ވަނަ އަހަރު، ސިފައިންނާ ދިމާއަށް ބާޣީއަށް ގޮވައި ފަޒުނާ ކުރެއްވި ޓުވީޓެއްގެ ފޮޓޯ ހިއްސާ ކުރަމުން ކުރި ޕޯސްޓުގައި އިހްސާން ވިދާޅުވިއެވެ.

އިހްސާން ވިދާޅުވީ މީސް މީޑިއާގަޔާއި އަނބި ދަރިން ގޮވައިގެން އާއްމު ތަންތަނުގައި އުޅެނިކޮށް އޭނާ އާ ދިމާއަށް ”ބާޣީ“ ގޮވަމުން އަންނަތާ މިހާރު 11 އަހަރުވެފައިވާ ކަމަށެވެ.

އެއީ ދިވެހި ކޮންމެ ސިފައިންގެ މީހަކާއި ފުލުހެއް އަދި އެމީހުންގެ އާއިލާވެސް ތަހަންމަލް ކުރަމުންދާ ކަންކަން ކަމަށް އިހްސާން ފާހަގަކުރެއްވިއެވެ. 

ފަޒުނާ ބާޣީ އަކަށް ނުވާ ގޮތަށް ޔުނީފޯމު އެޅި ސިފައިންނާއި ފުލުހުން ވެސް ބާޣީންނަށް ނުވާނެ ކަމަށް އިހްސާން ވަނީ ވިދާޅުވެފައެވެ.

ފަޒުނާއަށް ފުރައްސާރަ ކުރީ 2 މީހުން ކަމަށް ވިދާޅުވެފައިވާ އިރު އެތަނުން އެކަކީ 1988 ވަނަ އަހަރު ފަޒުނާގެ ބައްޕަ ސިއްކަ އަހުމަދު އިސްމާއިލް އަޑީގައި ހުރެގެން ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި ޝަހީދުވި މީހެއްގެ ދަރިއެކެވެ.

ނޮވެންބަރު 3ގެ އެ ހާދިސާގައި އެމީހާ އާއި އޭނާގެ ބައްޕަ ވެސް ރަހީނު ކުރި މީހުންގެ ތެރޭގައި ހިމެނޭ އިރު އޭނާގެ ކުރިމަތީގައި ބައްޕަ ގަޔަށް ބަޑި ޖަހައި ކަނޑަށް ވައްޓާލާފައިވާ ކަމަށާ ފަޒުނާ ފެނުމުން އެދުވަހުގެ ހާދިސާ ހަނދާން ވެގެން ބާޣީއަށް ގޮވުނީ ކަމަށް ވެސް އެމީހާ ވަނީ ބުނެފައެވެ. 

ގުޅުންހުރި ލިޔުންތައް

ކައުންސިލް އިންތިޚާބު ބާއްވާތާ 01 މަސް ފަހުން އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބު ބާއްވަން ފާސްކޮށްފި

ނިޒާމީ ވޯޓާމެދު ގޮތް ނިންމުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވަނީ

އޮކްޓޯބަރ 2, 2023
”ޕްރައިމަރީ އިންތިޚާބަކީ އިންސާފުވެރި އިންތިޚާބަކަށްވާނެ“

ނަޝީދު އެމްޑީޕީއަށް ގެންނަން އެންމެން ތާއީދު ކުރިޔަސް އަޅުގަނޑު ނުކުރާނަން: އިބުރޭ

އޮކްޓޯބަރ 2, 2023
13 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފި

13 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފި

އޮކްޓޯބަރ 2, 2023
ޑރ.މުއިއްޒުގެ ފުރަތަމަ ވައުދު ފުއްދައިފި ކަމަށް ޣައްސާން ވިދާޅުވެއްޖެ

ޑރ.މުއިއްޒުގެ ފުރަތަމަ ވައުދު ފުއްދައިފި ކަމަށް ޣައްސާން ވިދާޅުވެއްޖެ

އޮކްޓޯބަރ 1, 2023

Comments 2

  1. Manikaa says:
    2 weeks ago

    Ihusaanaky kanduga adeega badi foruvaafa efahun gos ethanun badi nagaa hadi heyvi meysthiri. Male ekithanthanuga bom hurikamuge drama kulhunu

    Reply
  2. Kaidhaa says:
    2 weeks ago

    thimaa feyhunu iloshi gandu thaa mi heru nee
    thimaa ge lola thaa adhi maa mau soom meehaka hedhi gen faxzuna mi ulhu nee

    Reply

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ތައިރޮއިޑް މައްސަލަ ހުންނަ ނަމަ ކާންވީ މިތަކެތި

    ތައިރޮއިޑް މައްސަލަ ހުންނަ ނަމަ ކާންވީ މިތަކެތި

    0 shares
    Share 0 Tweet 0
  • ވާހަކަ: ޔާރު ތިޔެ މިހިތުގެ ޝިފާ… (ބާރަވަނަ ބައި)

    0 shares
    Share 0 Tweet 0
  • އައިޝްވާރިޔާ ދަރިފުޅުގެ ރަހުމަތްތެރިން ބައްދަލުކުރަން އެޕޮއިންޓްމެންޓް ހަދަންޖެހޭ

    0 shares
    Share 0 Tweet 0
  • ވާހަކަ: ޔާރު ތިޔެ މިހިތުގެ ޝިފާ… (އެގާރަވަނަ ބައި)

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In