ކާމިޔާބު ފިލްމު ”ސިންގަމް“ގެ 3 ވަނަ ބައިން ބޮލީވުޑްގެ ބަތަލް އަރުޖުން ކަޕޫރު ފެނިގެންދާނެ ކަމަށް މީޑިއާ ތަކުން ހާމަކޮށްފިއެވެ.
ރޯހިތު ޝެޓީ ޑައިރެކްޓު ކުރާ މި ފިލްމުގެ ވިލަން ރޯލު ވަނީ އަރުޖުން ކަޕޫރަށް ދީފައި ކަމަށާއި މި ފިލްމުގެ ޝޫޓިން ވަރަށް އަވަހަށް ފަށާނެ ކަމަށް ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ މީޑިއާ ތަކުން ވަނީ ހާމަކޮށްފައެވެ.
ބަތަލް އަޖޭ ދޭވްގަން ލީޑް ރޯލުން ފެނިގެންދާ މި ފިލްމުގައި ބަތަލާ ދީޕިކާ ޕަދުކޯން ވެސް ފެނިގެންދާނެ ކަމަށް މީޑިއާ ތަކުން ވަނީ ހާމަކޮށްފައެވެ. މި ފިލްމު ސިނެމާތަކަށް އަންނަ އަހަރުގެ އޮގަސްޓް 15 ގައި ނެރޭނެ ކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.
އަރުޖުން އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ”އޭކް ވިލަން ރިޓާންސް“ އިންނެވެ.