ބޮލީވުޑްގެ ބަތަލާ ކަންގަނާ ރަނައުތު އަކީ ހުނަރުވެރިއެއް ކަމަށް އޭނާ ހާމަކޮށްފިއެވެ.
މި ފަހުން ކަންގަނާ ހާމަކޮށްފައިވާ ގޮތުގައި އޭނާ އަކީ މި ދާއިރާގައި އަމިއްލަ މަސައްކަތުން ކުރިއަށް ގޮސްފައިވާ ބަތަލާއެއް ކަމުން އޭނާއަކީ ފިލްމީ ދާއިރާގައި ”ގޯޓް“ އެެއް ކަމަށެވެ.
އެގޮތުން އޭނާ އަކީ ހުނަރުވެރިއެއް ކަމަށް ގިނަމީހުން ގަބޫލު ކުރާނެ ކަމަށާއި ފިލްމު ކުޅުމުގެ އެކި އުކުޅުތަކާއި ހުނަރު އޭނާ ދަސްކޮށްފައިވާނީ ވެސް އަމިއްލައަށް ކަމަށެވެ.
ކަންގަނާ ދެން ފެނިގެންދާނީ ”އެމަޖެންސީ“ އާއި ”ޓީޖާސް“ އިންނެވެ. މި ދެ ފިލްމަކީ ވެސް ބޮޑު ބަޖެޓަކަށް ހަދާފައިވާ ފިލްމެވެ.