ބޮލީވުޑްގެ ބަތަލް ސަލްމާން ޙާން ހޯސްޓު ކުރާ ރިއަލިޓީ ޝޯ ”ބިގް ބޮސް“ގެ ސީޒަން 17ގެ ޕްރޮމޯއެއް ދައްކާލައިފިއެވެ.
މި ޝޯ އަކީ ކަލާޒް ޓީވީއިން ގެނެސްދޭ ރިއަލިޓީ ޝޯއެކެވެ. އެގޮތުން ބިގް ބޮސް 17ގެ ޕްރޮމޯ އިން ސަލްމާން ޙާންގެ ތަފާތު 3 ސްޓައިލެއް ވަނީ ފެނިގެން ގޮސްފައެވެ.
ބޭރުގެ ހަބަރުތަކުން ހާމަކޮށްފައިވާ ގޮތުގައި މިފަހަރުގެ ސީޒަން އެހެން ފަހަރުތަކާއި ވަރަށް ތަފާތު ވެގެންދާނެ އެވެ. އެގޮތުން މިފަހަރުގެ ސީޒަންގައި ތިން މަރުހަލާއެއް އަންނާނެ ކަމަށްވެސް މީޑިއާ ތަކުން ވަނީ ހާމަކޮށްފައެވެ.
”ބިގް ބޮސް 17“ ފެށުމަށް ހަމަޖެހިފައިވާ ތާރީހެއް ރަސްމީކޮށް އަދި އިއުލާނު ކޮށްފައިނުވިނަމަވެސް އަންމަ މަހުގެ ދުވަހެއްގައި ފަށާނެ ކަމަށް ވަނީ ހާމަކޮށްފައެވެ.