އިންޑިޔާގެ އަސްކަރިއްޔާއަށް ބޭނުންވާ ”ޕްރަލޭ“ ބެލިސްޓިކް މިސައިލްގެ ރެޖިމެންޓެއް ހޯދުމުގެ ހުއްދަ ޑިފެންސް މިނިސްޓްރީން ދީފިއެވެ.
މިއީ އިންޑިއާގެ އަސްކަރިއްޔާއަށް ވަރަށް ބޮޑު ނިންމުމެއް، 150-500 ކިލޯމީޓަރާ ދެމެދުގެ އަމާޒުތަކަށް ހަމަލާދެވޭނެ ޕްރަލޭ ބެލިސްޓިކް މިސައިލްތަކުގެ ރެޖިމެންޓެއް ހޯދުމުގެ ހުށަހެޅުން ދާދި ފަހުން ބޭއްވި ޑިފެންސް އެކުއިޒިޝަން ކައުންސިލްގެ ބައްދަލުވުމުން ފާސްވީ،“ ޑިފެންސް އޮފިޝަލުން އޭއެންއައި އަށް ވިދާޅުވި އެވެ.
އަސްކަރިއްޔާއިން މި މިސައިލްތައް ބޭނުންކުރާނީ ކޮންވެންޝަނަލް ވޯހެޑްތައް ބޭނުންކޮށްގެން ޓެކްޓިކަލް ރޯލުތަކުގަ އެވެ. މި މިސައިލްތައް ގަންނަން ނިންމީ އިންޑިއާގެ ވައިގެ އަސްކަރިއްޔާއަށް ސަރުކާރުން އެފަދަ ހުށަހެޅުމެއް ފާސްކުރުމާ ގުޅިގެން ކަމަށް އެ ފަރާތްތަކުން ބުނެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބެލިސްޓިކް މިސައިލްތައް ހޯދުމަކީ ޓެކްޓިކަލް ރޯލުތަކުގައި ބެލިސްޓިކް މިސައިލް ބޭނުންކުރުމުގެ ހުއްދަ ދޭ ސިޔާސަތެއް މިހާރު އޮތް ގައުމަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގަ އެވެ.