އިސްރާއީލުން ހިފާފައިވާ އިރުމަތީ ގުދުސްގައި ހުންނަ އަލް އަޤްޞާ މިސްކިތް ކޮމްޕައުންޑަށް ވަންނަ މައި އެއް ދޮރު ކަމަށްވާ ބާބް އަސްސިލްސިލާގައި ތިބި ފަލަސްތީނުގެ މީހުންނަށް އިސްރާއީލު ސިފައިން ހަމަލާދީފައިވާ ކަމަށް އެ ގައުމުގެ މަސްދަރުތަކުން ބުނެފިއެވެ.
އިސްރާއީލު ސިފައިން ސަލާމަތީ ގޮތުން ވަރުގަދަ ފިޔަވަޅުތަކެއް އަޅައި، އަލްއަޤްޞާ މިސްކިތުން ނަމާދުކުރާ މީހުން ބޭރުކޮށް، އެމިސްކިތުގެ ވަށައިގެން އެމީހުން ތިބުން ވަރުގަދަކޮށް، ޔަހޫދީންގެ އާ އަހަރު ކަމުގައިވާ ރޯޝް ހަޝާނާގައި އިސްރާއީލު ވަޒަންވެރިންނަށް މަގު ފަހިކޮށްދިނުމަށް އުމުރުން 50 އަހަރުން ދަށުގެ ފަލަސްތީނުގެ އެއްވެސް މީހަކަށް ވަނުމުގެ ފުރުޞަތު ދީފައެއް ނުވެއެވެ.
ރޯޝް ހަޝާނާގެ އުފަލުގައި އިސްރާއީލު ސިފައިންގެ ހިމާޔަތުގެ ދަށުން މޮރޮކޯ ގޭޓުން އަލްއަޤްޞާ ގޯތިތެރެއަށް އެތައް ސަތޭކަ އަލްޓްރާނޭޝަނަލިސްޓް އިސްރާއީލު މީހުން ވަދެފައިވާ ކަމަށް ޚަބަރުފަތުރާ ނޫހެއް ކަމަށްވާ އަލް މަޔާދީން ބުނެއެވެ.
ޖެރޫސަލަމް އިސްލާމިކް އެންޑޯމަންޓްސް ޑިޕާޓްމަންޓުން ބުނީ ވަޒަންވެރިވުމުގެ ކުރިން އެ ކޮމްޕައުންޑް ހުސްކުރުމުގެ މަސައްކަތް އަސްކަރިއްޔާއިން ކުރަމުން އައި ކަމަށެވެ.
އިސްރާއީލުގެ ވަޒަންވެރި ޖަމާއަތްތަކުން ގޮވަމުން ދިޔައީ ޔަހޫދީން ޓެމްޕަލް މައުންޓްގެ ނަމުން ނަންދީފައިވާ ރޯޝް ހަޝާނާ ފާހަގަކުރުމުގެ ގޮތުން އެ ތަނަށް ހުއްޓުމެއް ނެތި ވަނުމަށެވެ.
އިސްރާއީލުގެ ވަޒަންވެރިންގެ ފަރާތުން ލިބެމުންދާ ފުރައްސާރަތަކާއި ނުފޫޒުތަކަށް އިއުތިރާޒުކުރުމަށް ފަތިސް ނަމާދަށްފަހު ގިނަ އަދަދެއްގެ މުސްލިމުން ވަނީ އެ ތަނަށް ޖަމާވެފައެވެ.