މިސްރުގެ ސްކޫލްތަކުގައި މޫނުބުރާ އެޅުން މަނާކޮށްފިއެވެ.
އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓަރު ރީދާ ހެގާޒީ ވިދާޅުވީ މޫނުބުރުގާ މަނާކުރި ނަމަވެސް އާންމު އާންމު އުސޫލުގެ ދަށުން ހަމައެކަނި އިސްތަށިގަނޑު ނިވާވާ ގޮތަށް ބުރުގާ އަޅަން ބޭނުންވާ ދަރިވަރުންނަށް އެ އިހުތިޔާރު އޮންނާނެ ކަމަށް ވަނީ ބުނެފައެވެ.
”ބުރުގާ އެޅުން ސްކޫލްތަކުގައި މަނަލެއް ނޫން. އެކަމަކު އެއީ ކާކުކަން ނޭނގޭ ގޮތަށް މޫނުބުރުގާ އެޅުމަކީ އެއްވެސް ގޮތަކުން ބަލައިގަނެވޭނެ ކަމެއް ނޫން.“ މިނިސްޓަރު ވިދާޅުވިއެވެ.
އާދައިގެ ބުރުގާ އަޅަން ދަރިވަރުންނަށް އަބަދު ވެސް ހުއްދަ އޮންނާނެ ކަމަށާއި އެކަމަކު އެފަދަ ބުރުގާއަކީ ވެސް ސްލޫކުން ކަނޑައަޅާ ކުލައަކުން އަޅާ އެއްޗަކަށް ވާން ޖެހޭ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މިސްރުގެ ސްކޫލްތަކުގައި މޫނުބުރުގާ އެޅުން މަނާކޮށްފައި މި ވަނީ މި މަހުގެ 30 ވަނަ ދުވަހު ފަށާ ދިރާސީ އަހަރާ އެކީގައެވެ.
އެ އުސޫލު އަންނަ އަހަރުގެ ޖޫން މަހުގެ 8 ވަނަ ދުވަހާއި ހަމައަށް ތަންފީޒުކުރަމުން ގެންދާނެ އެވެ.