ބޮލީވުޑްގެ ބަތަލް ސަލްމާން ޙާން ކައިވެނި ނުކޮށް ހުންނަ ވާހަކައަކީ މީޑިއާގައި އެންމެ ގިނައިން ދެކެވޭ އެއް ވާހަކައެވެ.
މިފަހުން ސަލްމާން މީގެ ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުން ސޯމީ އަލީ ހާމަކޮށްފައިވާ ގޮތުގައި ސަންގީތާ ބިޖްލާނީ އާއި ސަލްމާންގެ ގުޅުން ކައިވެންޏާއި ހިސާބަށް ގޮސް ނިމިފައިވަނީ ސަލްމާންއާއި ސޯމީ އެކުގައި ރެޑް ހޭންޑްކޮށް ސަންގީތާއަށް ފެނުމުން ކަމަށެވެ.
އެގޮތުން ސަލްމާން ސޯމީއާއި ރައްޓެހިވެގެން އުޅުނީ ސަންގީތާއާއި ރައްޓެހިވެގެން އުޅެމުން ކަމަށާއި ސޯމީ އަކީ އަބަދުވެސް ސަލްމާންއަށް ސަޕޯޓް ކުރާ ސަލްމާން ދެކެ ލޯބިވާ މީހެއް ކަމުން އެކުގައި އުޅުނީ ކަމަށް ވެސް އޭނާ ވަނީ ހާމަކޮށްފައެވެ.
ސަންގީތާއަށް ސަލްމާންއާއި ސޯމީ އެކުގައި ފެނިފައިވަނީ ސޯމީގެ އެޕާޓުމެންޓުން ކަމަށާއި އެގޮތަށް ފެނުމުން އެ ގުޅުން ކުރިއަށް ގެންދަން ސަންގީތާ ބޭނުން ނުވީ ކަމަށް ވެސް ސޯމީ ވަނީ ހާމަކޮށްފައެވެ.
1980 ވަނަ އަހަރުގައި ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހުގައި މި ދެ ފަންނާނުން ވަނީ 8 އަހަރު އެކުގައި ހޭދަކޮށްފައެވެ. ކައިވެނީގެ ހަފްލާއަށް ދައުވަތު ދިނުމަށް ކާޑު ވެސް ތައްޔާރު ކުރި ނަމަވެސް ކައިވެންޏަށް ދެދުވަހަށް ވެފައި ވަނިކޮށް ސަލްމާން ބޭވަފާތެރިވި ކަން ފަޅާ އެރުމާއި އެކު ސަންގީތާ ވަނީ ގުޅުން ނިންމާލާފައެވެ.