އާ އައިފޯން 15 ޕްރޯގެ 5ޖީ ސްޕީޑް މާބޮޑަށްވެސް ހަލުވިކަމަށާއި، އެ ޕާފޯމަންސަށް އިތުރު ކުރިއެރުމެއް ލިބުނީ އެޕަލް އިން ބޭނުންކުރާ ކުއަލްކޮމް އެކްސް70 މޮޑެމްގެ ސަބަބުން ކަމުގައި ޓެކް ރިޕޯޓެއްގައި ބުނެފިއެވެ.
ސްޕީޑްސްމާޓް އިން ނެރުނު ރިޕޯޓެއްގައި ވާގޮތުން އައިފޯން 15 ޕްރޯ ގެ ސަބަބުން ކުރީގެ ޖެނެރޭޝަންގެ އައިފޯން 14 ޕްރޯ އަށް ވުރެ 24 ޕަސެންޓް އަވަސް ޑައުންލޯޑް ސްޕީޑް 5ޖީ ނެޓްވޯކްތަކަށް ލިބޭނެ އެވެ.
އެނަލިޓިކްސް ފާމުން ބުނާ ގޮތުގައި އެމެރިކާގެ މައި ތިން ކެރިއަރު ކަމަށްވާ އޭޓީ އެންޑް ޓީ، ޓީ-މޮބައިލް އަދި ވެރިޒޮންގައި ހަދާ އިންޓަނެޓް ސްޕީޑް ޓެސްޓުތަކުގެ ޑޭޓާ ތަކަށް ބަލާއިރު، އޭޓީ އެންޑް ޓީގައި އައިފޯން 15 ޕްރޯ އިން އެވްރެޖްކޮށް 204.34 އެމްބީޕީއެސް ޑައުންލޯޑް ސްޕީޑް ރެކޯޑްކޮށްފައިވާއިރު، މިދިޔަ އަހަރުގެ އައިފޯން 14 ޕްރޯ އަށް ވަނީ 178.19 އެމްބީޕީއެސް ގެ ޑައުންލޯޑް ސްޕީޑެއް ހާސިލްކޮށްފަ އެވެ. އެއީ ޓީ-މޮބައިލްގައި 300.92 އެމްބީޕީއެސް އަދި ވެރިޒޯންގައި 243.06 އެމްބީޕީއެސް ކަމަށް ވާއިރު، މީގެ ކުރިން ހުރީ 245،69 އެމްބީޕީއެސް އަދި 195.83 އެމްބީޕީއެސްގެ ސްޕީޑްގައެވެ.
އައިފޯން 15 ޕްރޯގައި 5ޖީ ޕާފޯމަންސް އަށް އިތުރު ކުރިއެރުމެއް އައިސްފައި ވަނީ ކުއަލްކޮމް އެކްސް70 މޮޑެމް ގެ ސަބަބުން 5ޖީ ކެރިއަރު އެގްރިގޭޝަން ކެޕޭސިޓީ ރަނގަޅުވުމާއި، އައިފޯން ސެލް ޓަވަރަކާ މާ ދުރުގައި ހުންނައިރު ރަނގަޅު ކަނެކްޓިވިޓީއެއް ލިބެއެވެ. އަދި ކަރަންޓް ބޭނުންކުރާ މިންވަރު ”ވަރަށް ބޮޑަށް“ ދަށްވުމުގެ ސަބަބުންނެވެ.
”އެމެރިކާގެ މައިގަނޑު 3 ނެޓްވޯކަށް ވެސް އަޕްލޯޑް ސްޕީޑްގައި ކުދި ކުދި ބަމްޕްތަކާ އެކު ޑައުންލޯޑް ސްޕީޑަށް ބޮޑު ކުރިއެރުމެއް ލިބުނު،“ ސްޕީޑްސްމާޓުން ބުންޏެވެ. ”އެވްރެޖްކޮށް 5ޖީ އަށް ވުރެ 255 އެމްބީޕީއެސް ގެ ޑައުންލޯޑް ސްޕީޑް މާ ހިތްގައިމު،“ އެ ކުންފުނިން ބުންޏެވެ.
ކުއަލްކޮމް އާއި އެޕަލް އާ ދެމެދު މި އަހަރުގެ ކުރީކޮޅު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، އެ އެއްބަސްވުމުގެ ދަށުން އެޕަލް އިން މަދުވެގެން 2026 ވަނަ އަހަރާ ހަމައަށް އައިފޯނުތަކުގައި 5ޖީ މޮޑެމް ބޭނުން ކުރަމުން ގެންދާނެ އެވެ.