އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރަނިން މޭޓަކަށް އަންހެން ބޭފުޅަކު އިޚްތިޔާރު ކުރައްވަފާނެކަމުގެ އިޝާރާތެއް އޭނާ ދެއްވައިފއެވެ.
ޓްރަމްޕް ވިދާޅުވީ ރައީސް ކަމަށް ރިޕަބްލިކަން ޕާޓީގެ ޓިކެޓް ލިބިއްޖެ ނަމަ ރަނިންމޭޓަކަށް ހޮވާނެ ބޭފުޅަކާ މެދު އަދި މާ ބޮޑު ވިސްނުމެއް ނުގެންގުޅުއްވާ ކަމަށާއި ނަމަވެސް ވަޒީފާގައި އޭނާގެ އަރިހުގައި އަންހެނަކު ހުރުމުގެ ”ކޮންސެޕްޓް“ ވަރަށް ކަމުދާ ކަމަށެވެ.
”އަންހެނަކާ ދިމާއަށްތޯ ވިސްނުން ހުރީ؟“ އެންބީސީ ”މީޓް ދަ ޕްރެސް“ އަށް ޓްރަމްޕް ދެއްވި އިންޓަވިއު އެއްގައި މޮޑަރޭޓަރު ކްރިސްޓެން ވެލްކަރ ބުރާސްފަތި ދުވަހު ޓްރަމްޕް އާއި ސުވާލު ކުރިއެވެ.
”އަޅުގަނޑަށް މި ކޮންސެޕްޓް ވަރަށް ކަމުދޭ، އެކަމަކު ހޮވާނީ އެންމެނަށްވެސް ފެންނަ އެންމެ ރަނގަޅު ބޭފުޅަކު،“ ”އެކަމަކު އައި ޑޫ ލައިކް ދަ ކޮންސެޕްޓް، ޔެސް.“ ޓްރަމްޕް ޖަވާބު ދެއްވި އެވެ.
އޭނާ ވިދާޅުވީ ”އެކަމާ މާ ބޮޑަށް ނުވިސްނަން“ ކަމަށެވެ.
ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ ސައުތު ޑަކޯޓާގެ ގަވަރުނަރު ކްރިސްޓީ ނޯމް ދާދި ފަހުން އެ ސްޓޭޓުގައި ބޭއްވި އެއްވުމެއްގައި ޓްރަމްޕަށް ތާއީދު ކުރައްވައި، ނައިބު ރައީސް ކަމަށް ޓްރަމްޕް ވާދަކުރައްވާނެ ކަމަށް ބެލެވޭ ކަމަށް ވަނީ ވިދާޅުވެފަ އެވެ. ޓްރަމްޕް ވިދާޅުވީ އެކަމަނާ އަކީ އޭނާ އިޚްތިޔާރު ކުރައްވަން ވިސްނަވާނެ ބޭފުޅެއް ކަމަށާއި އެކަމަނާ އަކީ ”ފެންޓަސްޓިކް“ ބޭފުޅެއް ކަމަށެވެ.
އެކަމަނާ އަކީ ވަރަށް މޮޅު ގަވަރުނަރެއް،“ ވެލްކަރަށް އޭނާ ވިދާޅުވި އެވެ. ”އެކަމަނާ އަޅުގަނޑަށް ދެއްވީ ވަރަށް ފުލް ތްރޯޓް އެންޑޯސްމަންޓެއް، ހަގީގަތުގައި ވަރަށް ރީތި އެންޑޯސްމަންޓެއް. އަދި ހަމަ އެއާއެކު އެކަމަނާއަކީ، ތިމަންނަ ވިސްނަވާ މީހުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާނެ ބޭކަނބަލެއް. އެކަމަކު އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ގިނަ މީހުން އެބަތިބި. ރިޕަބްލިކަން ޕާޓީގައި ވަރަށް ބޮޑެތި ބޭފުޅުން އެބަތިއްބެވި.“
”މީޓް ދަ ޕްރެސް“ ގެ މޮޑަރޭޓަރެއްގެ ގޮތުގައި ވެލްކަރ ގެ ފުރަތަމަ އިންޓަވިއު އާދީއްތަ ދުވަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނަ އެންބީސީގެ އެފިލިއޭޓްތަކުން ދައްކާނެއެވެ. އެންބީސީ ނިއުސް އިން ވަނީ ރައީސް ޖޯ ބައިޑަން އަށް ވެސް ”މީޓް ދަ ޕްރެސް“ ގެ މޮޑަރޭޓަރެއްގެ ގޮތުގައި ވެލްކަރ ގެ ފުރަތަމަ އިންޓަވިއު އާދީއްތަ ދުވަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނަ އެންބީސީގެ އެފިލިއޭޓްތަކުން ދައްކާނެއެވެ. އެންބީސީ ނިއުސް އިން ވަނީ ރައީސް ޖޯ ބައިޑަން އަށް ވެސް ވަނީ ވެލްކާއާ އެކު އިންޓަވިއުއަކަށދައުވަތު ދީފަ އެވެ.