ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓާރ ޓްރާންސް މޯލްޑިވިއަން އެއާވޭސް އިން މި އަހަރުގެ ފަތުރުވެރިކަމުގެ ހައި ސީޒަނާ ދިމާކޮށް ހިދުމަތް ފުޅާ ކުރުމަށް އިތުރު ސީޕްލޭނެއް ގެނެސްފިއެވެ.
ޓީއެމްއޭ އިން ރާއްޖެ ގެނެސްފައި ވަނީ ޑީއެޗްސީ 6 – ޓުވިން އޮޓޯ މަރުކާގެ 2 ބޯޓެކެވެ.
އަލަށް ގެނައި 2 ބޯޓާއެކު އެ ކުންފުނިން އަންނަނީ ދެކުނުގެ 2 އަތޮޅު ލާމު އަދި ގއ. ގައި ސީޕްލޭންގެ އޮޕަރޭޝަން ފެށުމަށް ތައްޔާރު ވަމުންނެވެ.
ޓީއެމްއޭ އިން ބުނީ އެ ބޯޓު ގެނައީ ރާއްޖޭގެ ޓޫރިޒަމް ހަރަކާތްތައް އިތުރުވަމުން އަންނާތީ އެ ކަމަށް އެހީތެރިވުމުގެ ގޮތުން ކަމަށެވެ.
ޓީއެމްއޭއަށް އަލަށް ގެނައި ބޯޓާއެކު މިހާރު އެކުންފުނީގައި ބޭނުންކުރާ ބޯޓުގެ އަދަދު 63 އަށް ވަނީ އަރާފައިވާ އިރު އެ ކުންފުނިން އަންނަނީ 14 އަތޮޅެއްގެ 80 އަށްވުރެ ގިނަ ރިސޯޓަށް އަހަރަކު މިލިއަނަށް ވުރެ ގިނަ ފަސިންޖަރުން އުފުލައިދެއެވެ.