ހޯމަ, އޮކްޓޯބަރ 2, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ވާހަކަ: ޔާރު ތިޔެ މިހިތުގެ ޝިފާ… (އަށްވަނަ ބައި)

ނައުފާ ލިޔުނީ: ނައުފާ
ސެޕްޓެމްބަރ 14, 2023
ވާހަކަ
0
ވާހަކަ: ޔާރު ތިޔެ މިހިތުގެ ޝިފާ… (ފުރަތަމަ ބައި)

ޔާރު ތިޔެ މިހިތުގެ ޝިފާ (އަށްވަނަ ބައި)

ރުޅިގަދަވީ ވަރުން މަނާލްއަށް ދަތްތަކަށް ބާރުކޮށްލެވުނެވެ. އަކްރަމްއަށް ބަލައިލަމުން އޭނާ ލޯއަޅައިލިއެވެ. ”އަހަރެންގެ ހިތަކު އަކްރަމްއާ މެދު މިހާރު ތިކަހަލަ އެއްވެސް އިހުސާސެއް ނެތް“ އެހެންބުނެލަމުން ކޮފީޖޯޑު ހިފައިގެން މަނާލް ހިނގައިގަތީ ބަދިގެއިން ނުކުންނާށެވެ. މަނާލްގެ ފުށުން އިވުނު ޖަވާބުން އަކްރަމްއަށް ލިބުނީ ހައިރާންކަމެވެ. ހިނދުކޮޅަކު ހުއްޓުންއަރައިފައި އޭނާއަށް ހުރެވުނީ އެހެންވެއެވެ. މަނާލް އެފަދައިން ބުނެފާނޭ އޭނާއަށް ހީވެފައިނެތީއެވެ.

ބަދިގެއިން އެއްކޮށްކަހަލަ ގޮތަކަށް ނުކުމެގެން އައި މަނާލް އާއި އަކްރަމްއަށް ބަލައިލަމުން ސައިފް ނިތްއަރުވައިލިއެވެ. ”ދެމީހުން އެއްތަންވާއިރަށް ކޯޅުންގަނޑު ފެށުނީ ދޯ“ މަނާލްގެ މޫނަށް ބަލައިލަމުން ސައިފް ބުނެލީ ހިނިއައިސްފައި އިނދެއެވެ. އެއަޑަށް އެދިމާއަށް އުމޭރާ ވެސް ބަލައިލިއެވެ. ”ތެދެއް ދަރިފުޅު، ކޮން ފޫއްސެއްތަ ދެކުދިން އެކަކު އަނެކަކުދެކެ ތިވަނީ؟ އިރެއްގަ އެކަކު އަނެކަކުދެކެ ފޫހިވިއަސް މިހާރު ތީ ކުޑަކުދިންނެއް ނޫނެއްނު، ދެން ތިކަން ދޫކޮށްލަންވެއްޖެއެއްނު“ ހިނިތުންވެލަމުން އުމޭރާ ބުންޏެވެ.

ސްކޫލް ދައުރުންސުރެ ސައިފްގެ އެންމެ ގާތް އެކުވެރިއެއްގޮތުގައި ހުރީ އަކްރަމްއެވެ. އޭރުވެސް އޭނާ އަބަދުހެންކަހަލަ ގޮތަކަށް އައިސް އުޅޭނީ އެގޭގައެވެ. އަކްރަމްގެ މިޒާޖުގެ ގޮތުން ގެއަށް އަންނަ ކޮންމެ ފަހަރަކު މަނާލްއަށް ކޮންމެވެސް ޖެއްސުމެއް ކޮށްލައެވެ. އޭރުވެސް ދެމީހުން އެއްތަންވެއްޖެނަމަ އޮންނާނީ އެކަކު އަނެކަކަށް ލަނޑުދީ އުނދަގޫ ކުރުމެވެ. ދެމެދު އޮތް ނަފުރަތުގެ ފާރު ފުނޑުވެ ލޯތްބަށް ބަދަލުވީ ކޮންއިރަކުކަމެއް ދެމީހުންކުރެ އެކަކަށްވެސް ބުނެދޭކަށް ނޭނގެއެވެ. އަކްރަމް އާއި މަނާލް ލޯބީގެ ގޮތުން ގުޅުނެއްކަމަކު އެއިން އެއްވެސް ކަމެއް ސައިފް އަދި އުމޭރާއަކަށް ވެސް ނޭނގެއެވެ. އެމީހުން ގާތު އެވާހަކަ ބުނަން މަނާލް ބޭނުންވީ ދުވަސްކޮޅެއް ފަހުންނެވެ. ނަމަވެސް އޭގެ ކުރިން ދެމެދުގައިވި ލޯބީގެ ގުޅުން ކެނޑުނީއެވެ. އަނެއްކާވެސް ނަފުރަތުގެ ބޯފާރެއް ދެމެދުގައި ލެވުނީއެވެ. ދުވަހެއްގެ ކޮޅުންވެސް ހިތަށް ލިބުނު އެޒަޚަމް ފިލައިގެންދާނެކަމެއް މަނާލްއަކަށް ބުނެދޭކަށް ނޭނގެއެވެ.

”އަހަރެންގެ ހިތަކު މިހާރު ތިކަހަލަ އެއްވެސްކަމެއް ނެތް. ދައްތަގެ ތިހުރި ބޯހަރުދަރި އަހަރެންދެކެ އަދިވެސް ފޫހިވަނީ“ އަމާންދޭފަދަ ގޮތަކަށް ދެއަތް މައްޗަށް އުފުލައިލަމުން ލާނެތް ހިންޏެއް އައިސްފައިހުރެ އަކްރަމް ބުނެލިއެވެ. އެއަޑުއިވިފައި ތުންފިއްތައިލަމުން މަނާލް އިސްޖަހައިލީއެވެ.

މޭޒުމަތީގައި މަނާލް ބެހެއްޓި ކޮފީ ޖޯޑު ނަގަމުން އުމޭރާ އަކްރަމްއަށް ދިއްކޮށްލިއެވެ. އޭގައި ހިފަމުން އަކްރަމް ޝުކުރުއަދާކޮށްލިއެވެ. އަދި އިރުކޮޅަކު ކޮފީ ޖޯޑަށް ބަލަންހުރެފައި މަނާލްގެ މޫނަށް ބަލައިލިލަމުން ދެލޯ ހިމަކޮށްލިއެވެ.

”އަނެއްކާ މިކޮފީއަށް ގޮތެއް ނުހަދާބާ“ ޝައްކުގެ ނަޒަރަކުން މަނާލްއަށް ބަލަން އިނދެ އަކްރަމް ބުންޏެވެ.

”ތިހާ ބިރުގަންނަންޏާ ނުބޮއީމަވީނު. ހުއް“ ތުންއަނބުރައިލަމުން މަނާލް ދެބުމަގޮށްޖަހައިލިއެވެ.

”ނޫނޭ، އެހާ ލޯބިން ކުއްޖަކު ހަދާދިން ކޮފީއެއްވީމަ ނުބޮއެ ބަހައްޓާކަށް ލާހިކެއްނޫން. ކޮންމެ ގޮތެއްވިއަސް ހެޔޮ، މިއަދު ދާނީ މިކޮފީ ބޮއެގެން“ އޭނާގެ މޫނަށް ސީދާވެލި މަނާލްގެ ލޮލަށް ބަލަހައްޓައިގެން އިނދެ އަކްރަމް ބުނެލިއެވެ. އަދި ކޮފީ ޖޯޑުން އެތިފޮދެއް ބޯލަމުން ވަރަށް މީރޭ ބުނެ ތައުރީފުކޮށްލިއެވެ. މަނާލް އިތުރަށް މޫނުކުނިކޮށްލީއެވެ. އެތަންފެނި ދެފަރާތަށް ބޯހޫރައިލަމުން ސައިފް ހީގަތެވެ. ”ދެން ތިވައްތަރުތައް ނުޖައްސާ އަވަސްކޮށްގެން ހިނގާ މިސްކިތަށް ދާން“ އަކްރަމްގެ ކޮނޑުގައި ޖަހައިލަމުން ސައިފް ބުނެލިއެވެ. އެއާއެކު އަވަސް އަވަހަށް ކޮފީ ޖޯޑު ހުސްކޮށްލަމުން އިންތަނުން އަކްރަމް ތެދުވިއެވެ.

ސައިފް އާއި އަކްރަމް ދިއުމުން މަނާލްގެ ކޮނޑުގައި އަތްޖައްސައިލަމުން ނަމާދުކޮށްލަން ދިއުމަށް އުމޭރާ ބުންޏެވެ. އޭނާވެސް އިންތަނުން ތެދުވެ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. އެވަގުތު ކުޑަކުޑަކޮށް ދޮރުހުޅުވައިލައިގެން އެމީހުންގެ ހަރަކާތްތަކަށް ބަލަން ހުރި ދަހާ އޭނާގެ ލޮލުގައި އަޅައިގަތެވެ. ހިތްހެޔޮހިނިތުންވުމެއް ހަދިޔާކޮށްލަމުން ބޭރަށް ނުކުތުމަށް ދަހާގެ ކިބައިން އުމޭރާ އެދުނެވެ. ނުކެރިފައިހުރިފަދަ ގޮތަކަށް ލަސްފިޔަވަޅުތަކެއްގައި ދަހާ ކޮޓަރިން ނުކުތެވެ. އުމޭރާ ގާތުގައި ހުއްޓިހުރި މަނާލް ވެސް ހިނިތުންވެލަމުން ދަހާ ގާތުގައި އައުމަށް ބުންޏެވެ.

”ކަމެއް ބޭނުންވީތަ“ އިސްޖެހިފައި ދަހާ ހުންނަން ފެށުމުން އުމޭރާ އެއްސެވެ. ”މި.. މި.. ފެންވަރާން.. ޝެ..ޝޭމްޕޫ..“ ލަދުގެންފައިވީވަރުން ވާހަކަދެއްކުން ދަހާއަށްވީ ދަތިކަމަކަށެވެ. އަޅައަޅައިގަންނަމުން އޭނާގެ އަނގައިން ބަސްތައްނުކުތީ އެހެންވެއެވެ. ދަހާ ބުނަން ބޭނުންވި އެއްޗެއް އުމޭރާ ނިކަން ފަސޭހައިން ދެނެގަތެވެ. އޭނާއާއެކު އަންނާށޭބުނެ ކޮޓަރިއާ ދިމާއަށް މިސްރާބުޖެހިއެވެ.

ކަބަޑެއް ހުޅުވައިލަމުން ދަހާއަށް ފެންވަރާން ބޭނުންވާނެ ހުރިހާ ސާމާނެއް އުމޭރާ ނެގިއެވެ. އަދި އެތަކެތި ގެނެސް ދަހާގެ އަތަށް ދެމުން އޭނާގެ ކޮނޑުގައި އުމޭރާ ފިރުމައިލިއެވެ. ”ތީ ދަހާ ދޯ“ އޯގާތެރި އަޑަކުން އުމޭރާ އެއްސެވެ. ހިންދިރުވައިލަމުން ދަހާ ބޯޖަހައިލިއެވެ. ”މީ ހުރިހާ ކުދިންގެވެސް ބޮޑުދައިތަ، އުމޭރާ. ދަހާ ބޭނުންނަމަ ބޮޑުދައިތަ ކިޔަސްވެސް އެންމެ ރަނގަޅު. ދެން ދޭ އަވަހަށް ފެންވަރާ ތާޒާވެލަން. އިޝާނަމާދު ފަހުން ރޭގަނޑުގެ ކެއުން އޮންނާނީ. ދަހާއަށް ގޮވާލަން މަނާލް ފޮނުވާނަން. އެގޮތް އެންމެ ރަނގަޅުތަ“ ހީނލަމުން އަމިއްލަ ތަޢާރަފެއް ދިނުމަށްފަހު އުމޭރާ އަހައިލިއެވެ. މަޑުމަޑުން ދަހާ ބޯޖަހައިލިއެވެ. އަދި އެކޮޓަރިން ނުކުންނަން ހިނގައިގަތެވެ. އެވަގުތު ތެޅެމުންފޮޅެމުންކަހަލަ ގޮތަކަށް ބޮޑު ތުވާއްޔެއް ހިފައިގެން އައިސް މަނާލް ހުއްޓުނެވެ. ”މިވެސް ބޭނުންވެދާނެތީ“ އަތުގައި އޮތް ތުވާލި ދިއްކޮށްލަމުން މަނާލް ބުނެލިއެވެ. ޝުކުރުވެރި ނަޒަރަކުން މަނާލްއަށް ބަލައިލަމުން ދަހާ އޭގައި ހިފިއެވެ. އެދެމީހުން ކޮޓަރިން ނުކުތުމާއެކު އުމޭރާ ދޮރުލައްޕައިލިއެވެ.

”ކިހިނެއް ދޮންބެއާ ދެމީހުން މީޓްވީ“ ދަހާއާ އެކުގައި އަންނަމުން މަނާލް އަހައިލިއެވެ. ވަކި ޖަވާބެއް ނުދީ ދަހާ ހިމޭނުން ހުންނަން ފެށުމުން އަމިއްލަ ނިތުގައި މަނާލް ޖަހައިލިއެވެ.

”މާ އަވަހަށް ދޯ އެކަހަލަ ވާހަކަ މިއެހެނީ، ސޮރީ، އަހަރެން ވަރަށް އަނގަ ގަދަވާނެ. ހެހެ. ފެންވަރައިގެން ނުކުމެ އަހަންނަށް ގޮވާލަބަލަ، އިންނާނަން ސިޓިންގްރޫމްގަ. އަހަރެން ޗުއްޓީ، އެހެންވެ ނަމާދު ނުކުރެވޭ. ވާހަކަދައްކާލަން ތި ރޫމްއަށް ދިޔަސް އެންމެ ރަނގަޅު ދޯ“ ހުއްޓުމެއްނެތި މަނާލް އަނގަތަޅުވަމުންދިޔަގޮތުން ހީވަނީ ދަހާއަކީ މާކުރިންސުރެ އޭނާ ދަންނަ މީހެއް ހެނެވެ. ހައިރާންވެފައި މަނާލްގެ މައުސޫމުކަމަށް ގެއްލިފައި ދަހާއަށް ހުރެވުނީއެވެ. މީހަކު އެހައި އެކުވެރިކޮށް އޭނާއާ ވާހަކަދެއްކި ދުވަހެއް ދަހާ ހަނދާނުގައިވެސް ނެތެވެ. މަނާލްގެ ފުށުން އިހުސާސުވަމުންދިޔަ ގާތްކަމުން ދަހާގެ ހިތަށް ބުނެދޭންދަތި އިހުސާސުތަކެއް ކުރުވީ އެހެންވެއެވެ. ބަހެއް ނުބުންޏެއްކަމަކު ގަދަކަމުން ހިނިތުންވެލެވޭތޯ ދަހާ މަސައްކަތްކުރިއެވެ. އަދި ލަސްލަހުން ބޯޖަހައިލީ މަނާލްގެ އެދުމަށް އެއްބަސްވުމުގެ ގޮތުންނެވެ. އެންމެރަނގަޅޭބުނެ ހިނިތުންވެލަމުން ސިޓިންގްރޫމްގައި ހުރި ސޯފާތަކާ ދިމާއަށް މަނާލް ދިޔައެވެ.

އިޝާނަމާދުން އަވަދިވެގެން އައިސް މޭޒުމައްޗަށް ރޭގަނޑުގެ ކެއުން ތައްޔާރުކޮށްލުމަށްފަހު ދަހާގެ ކޮޓަރީ ދޮރުގައި އުމޭރާ ޓަކި ޖަހައިލިއެވެ. އަދި ކުޑަކޮށް ދޮރުހުޅުވައިލައި އެތެރަށް ބަލައިލިއެވެ. ދަހާއާ ކުރިމަތިވާނޭހެން އެނދުމަތީގައި ދެފައިވަށްކޮށްލައިގެން އިން މަނާލް ފެނިފައި އޭނާ ދެފަރާތަށް ބޯހޫރައިލިއެވެ. ”މިހާ އަވަހަށް އެފަކީރުގެ ބޯކާން ފެށީ ދޯ. އެހެންވެގެންނޭ ބޮޑުދައިތައަށް ބުނެވެނީ ތީ މިގޭ އަނގަގަދަ މިތުރޭ“ އުމޭރާގެ ވާހަކަތައް އިވިފައި ދަހާގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ. ”ދެން ވާހަކަދައްކާނީ ފަހުން. އާދޭ ދެކުދިން ކާން. މިހާރު ސައިފް ވެސް އަންނަން އުޅޭނެ“ ސައިފްގެ ނަން އިވިފައި ދަހާގެ ހިތުގެ ހިނގުން އަވަސްވެލިއެވެ. އޭނާ ގެނެސް އެކޮޓަރިއަށްލީފަހުން ސައިފްގެ އެއްވެސް ޚަބަރެއް ނުވެއެވެ. ނޭނގޭ ލަދުވެތިކަމެއްގެ އިހުސާސު ދަހާއަށް ކުރުވިއެވެ. އިސްޖަހައިލެވުނީ ނިކަން އަވަހަށެވެ. ސައިފްގެ ކުރިމައްޗަށް ދާން ބޭނުންނުވިއަސް ދެކޮޅުހަދަން ބުނާނެ އެއްޗެއް ދަހާގެ ސިކުނޑިއަކަށް ނައެވެ. އެހެންވެ މަނާލް އާއި އުމޭރާގެ ފަހަތުން އޭނާ ވެސް ހިނގައިގަތީއެވެ.

ތިންމީހުން ކޮޓަރިން ނުކުތުމާއެކު ކާމޭޒު ދޮށުގައި އިން ސައިފްގެ ނަޒަރު އެދިމާއަށް ދަތުރުކޮށްލިއެވެ. މަނާލްއާ ޖެހިގެންކަހަލަ ގޮތަކަށް އިސްޖެހިފައި ހުރި ދަހާގެ ފައިންފެށިގެން ބޮލާ ހަމައަށް އޭނާ ބަލައިލިއެވެ. އަދި އޭގެ ދެވަނަ ސުކުންތުގައި އަވަސް އަވަހަށް އެހެން ދިމާއަކަށް ނަޒަރު ސީދާކޮށްލިއެވެ.

ރޭގަނޑުގެ ކެއުމަށް އިންސާފުކުރެވެމުންދިޔަ ވަގުތު އެމާހައުލުން ފެންނަމުންދިޔައީ އެކުވެރިކަމާއި ގާތްކަމެވެ. އާއިލީ ގުޅުމުގެ ގަދަފަދަ ލޯތްބެވެ. އެފަދަ މަންޒަރެއް ފެނިފައިނުވާ ދަހާއަށް ވަކިވަކިން ކޮންމެ މީހަކަށް ބެލެމުންދިޔައީ އަމިއްލަ އިޚުތިޔާރުން ބޭރުއެވެ. އެފަދަ ގާތްކަމަކަށް އޭނާގެ ހިތް ވެސް އެދެމުންދިޔައީ އިންތިހާއަށެވެ. އާއިލީ ގުޅުމަކީ ކޮބައިކަން މިރޭ ނުހަނު ރަނގަޅަށް އޭނާއަށް އެނގިއްޖެއެވެ. ހިތަށް ވެރިވަމުންދިޔަ ޚިޔާލުތަކުން ލަގޮނޑިއަށް ވާންވެލުމާއެކު ދަހާއަށް އިސްޖަހައިލެވުނެވެ.

މޭޒުދޮށުގައި ބާކީވެފައި އިންނާކަށް ދަހާއަކަށް ނުޖެހުނެވެ. ދައްކަމުންދިޔަ ކޮންމެ ވާހަކައެއްގައި އެމީހުން ދަހާ ބައިވެރިކުރަމުން ދިޔައީ އެ އާއިލާގެ ހިއްސާއެއް ފަދައިންނެވެ. ޚާއްސަކޮށް އުމޭރާ އާއި މަނާލްގެ ފުށުން އޭނާއަށް ލިބެމުންދިޔަ އޯގާތެރިކަން ބޮޑެވެ. ބަހެއް ނުބުންޏެއްކަމަކު ދޭތެރަކުން ސައިފްގެ ސިއްރުވެރި ނަޒަރުތައް ދަހާގެ މޫނަށް ހުއްޓެމުންދިޔައެވެ. އެމޫނުން ހިނދުކޮޅަކަށް ނަމަވެސް ފައުޅުވަމުންދިޔަ ހަމަޖެހުން ފެނިފައި ސައިފްގެ ހިތަށްވެސް ހަމަޖެހުން ލިބުނެވެ. އޭނާގެ ނިންމުމާމެދު ހިތުގައިވީ ހުރިހައި ޝައްކުތަކެއް ފިލައިގެން ދިޔަކަހަލައެވެ. މަޑުމަޑުން ދަހާ ހަމައަކަށް އެޅިދާނެކަމުގެ އުއްމީދު އާވިއެވެ.

ކެފޭގެ ކަންކަން ނިންމައިލުމަށްފަހު އެތަން ބަންދުކުރެވުނުއިރު ހުރީ ބާރަޖަހަން ކައިރިވެފައެވެ. ހިންދެމިލަމުން އައިސް ގެއަތް ވަތް ސައިފްގެ ޚިޔާލު ބަދަލުވިއެވެ. ނިދަން ދިއުމުގެ ކުރިން ދަހާގެ ހާލު ބަލައިލާން ބޭނުންވީއެވެ. މަޑުމަޑުން އައިސް އަތުގައި އޮތް ތަޅުދަނޑިން އެޕާރޓްމަންޓްގެ ދޮރު ހުޅުވައިލިއެވެ. އަދި ލަސްހިނގުމެއްގައި އައިސް ދަހާ އުޅޭ ކޮޓަރީގެ ދޮރު ކުރިމަތީގައި މަޑުކޮށްލިއެވެ. ފާރުގައި ލެގިލަމުން ކޮޓަރީގެ ދޮރަށް ބަލަހައްޓައިގެން ހުއްޓައި އެތެރޭން އޯކަށްދެމޭކަހަލަ އަޑެއް އިވުނެވެ. ނިތަށް ރޫތައްޖަމާވެލުމާއެކު ސީރިއަސްކަން ސައިފްގެ މޫނަށް ވެރިވިއެވެ. ކޮޓަރީގެ ދޮރުގައި އޭނާއަށް ޓަކިޖަހައިލެވުނެވެ. އެތެރެއިން އެއްވެސް ޚަބަރެއް ނުވީތީ ތަޅުގައިހިފައި އޭނާ އަނބުރައިލިއެވެ. ދޮރުތަޅުނުލައި ހުރީތީ ނިކަން ފަސޭހައިން އެތެރަށް ހުޅުވުނެވެ. އެއާއެކު ވިސްނާން ނުހުރެ ސައިފް އެތެރަށް ދެމިގަތެވެ. ހުޅުވިފައިހުރި ފާޚާނާގެ ދޮރު ސައިފްގެ ލޮލުގައި އަޅައިގަތެވެ. ދަހާގެ އަޑު އަންނަމުންދިޔައީ އެތަނުންނެވެ. ހަލުވިފިޔަވަޅުތަކެއްގައި އޭނާ އައިސް ފާޚާނާ ދޮރުކުރިމަތީގައި ހުއްޓެމުން ދަހާއަށް ގޮވައިލިއެވެ. ފާޚާނާތައްޓާ ދިމާއަށް ގުދުވެއޮތް ދަހާއާ ދިމާއަށް އާދެވުނު ގޮތްވެސް އޭނާއަށް ނޭނގުނެވެ. ދަހާގެ ކޮނޑުގައި އަތްޖައްސައިލަމުން އޭނާގެ މޫނުމައްޗަށް ވެރިފައިހުރި އިސްތަށިތައް ސައިފް ރީތިކޮށްލައިދިނެވެ. އަދި ދަހާގެ ނިތުގައި ހިފަހައްޓައިލިއެވެ. އެގޮތުގައި ދަހާ ހޮޑުލައި ނިމެންދެން އޭނާ ހުއްޓެވެ. ދަހާ ހަމައަކަށް އެޅިއްޖެހެން ހީވުމުން އެއްފަރާތުގައި އަޅުވައިލައިފައިހުރި ކުޑަ ތުވާލިކޮޅު ތެންމައިލައިފައި އޭނާއަށް ދިއްކޮށްލިއެވެ. އެހިނދު އިސްއުފުލައި ސައިފްގެ މޫނަށް ދަހާ ބަލައިލިއެވެ. ދަހާގެ ލޮލުގައިވީ ވަރުބަލިކަމެވެ. ކިރިޔާ ދެލޯހުޅުވައިލައިގެން އޭނާއަށް ހުރެވެނީއެވެ. ތުރުތުރުލަމުންދިޔަ އަތް އުފުލައިލައި ސައިފް ދިއްކޮށްލައިގެން ހުރި ފޮތިކޮޅުގައި ދަހާ ހިފަހައްޓައިލިއެވެ. އަތްދޮންނަތައްޓާ ދަހާ ކައިރިކޮށްލަމުން މޫނާއި އަނގަ ސާފުކޮށްލުމަށް ސައިފް ބުނެލިއެވެ. ބަހެއްވެސްނުބުނެ ސައިފް އެދުނު ކޮންކެ ކަމަކަށް ދަހާ ކިޔަމަންވަމުން ދިޔައެވެ. އަނގަތެރެ ދޮވެލަމުން ސައިފް ދިން ފޮތިކޮޅުން މޫނުފުހެލުމަށްފަހު ލޯގަނޑުން ފެންނަން ހުރި ސައިފްގެ މޫނަށް ދަހާ ނަޒަރު ސީދާކޮށްލިއެވެ. އެއާއެކު ހިތަށް ކުރި އަސަރުން، ކަރުނަތައް އޭނާގެ ދެލޮލަށް ބޮނޑިވެގަތީ ބަސްބުނާހައި ކުޑަ ހިނދުކޮޅެއްގެ ތެރޭއެވެ.  

-ނުނިމޭ- 

Tags: ވާހަކަޔާރު ތިޔެ މިހިތުގެ ޝިފާ

ގުޅުންހުރި ލިޔުންތައް

ވާހަކަ: ޔާރު ތިޔެ މިހިތުގެ ޝިފާ… (ފުރަތަމަ ބައި)

ވާހަކަ: ޔާރު ތިޔެ މިހިތުގެ ޝިފާ… (ސާދަވަނަ ބައި)

އޮކްޓޯބަރ 1, 2023
ވާހަކަ: ޔާރު ތިޔެ މިހިތުގެ ޝިފާ… (ފުރަތަމަ ބައި)

ވާހަކަ: ޔާރު ތިޔެ މިހިތުގެ ޝިފާ… (ތޭރަވަނަ ބައި)

ސެޕްޓެމްބަރ 30, 2023
ވާހަކަ: ޔާރު ތިޔެ މިހިތުގެ ޝިފާ… (ފުރަތަމަ ބައި)

ވާހަކަ: ޔާރު ތިޔެ މިހިތުގެ ޝިފާ… (ބާރަވަނަ ބައި)

ސެޕްޓެމްބަރ 27, 2023
ވާހަކަ: ފާޅުގާ ދިން އަނިޔައިގާ – ސޯޅަވަނަ ބައި

ވާހަކަ: ފާޅުގާ ދިން އަނިޔައިގާ – ހަތާވީސްވަނަ ބައި

ސެޕްޓެމްބަރ 26, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ތައިރޮއިޑް މައްސަލަ ހުންނަ ނަމަ ކާންވީ މިތަކެތި

    ތައިރޮއިޑް މައްސަލަ ހުންނަ ނަމަ ކާންވީ މިތަކެތި

    0 shares
    Share 0 Tweet 0
  • ވާހަކަ: ޔާރު ތިޔެ މިހިތުގެ ޝިފާ… (ބާރަވަނަ ބައި)

    0 shares
    Share 0 Tweet 0
  • އައިޝްވާރިޔާ ދަރިފުޅުގެ ރަހުމަތްތެރިން ބައްދަލުކުރަން އެޕޮއިންޓްމެންޓް ހަދަންޖެހޭ

    0 shares
    Share 0 Tweet 0
  • ވާހަކަ: ޔާރު ތިޔެ މިހިތުގެ ޝިފާ… (އެގާރަވަނަ ބައި)

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In