ފިޔާތޮށި ކުލައިގެ ތޮށިގަނޑެއްވާ ޑުރެގަން ފުރުޓަކީ އެހެނިހެން މޭވާ ތަކެކޭ އެއްފަދައިން ހަށިގަނޑަށް ވަރަށް ފައިދާ ހުރި ކާލްން މީރު މޭވާއެކެވެ.
ބޭރު ފަށަލައަކަށް ފިޔާތޮށި ކުލައިގެ ތޮށިގަނޑެއްވާ، އެތެރެ ހުދު ކުލައަށް ހުންނަ ވައްތަރެއްގެ އިތުރުން ވެސް 2 ވައްތަރެއްގެ ޑްރެގަން ފުރުޓެއް ހުރެއެވެ. އެއީ ތޮށިގަނޑުގައި ރީނދޫ ކުލައެއް ހުންނަ އެތެރެ ހުދުކުލައަށް ހުންނަ ވައްތަރަކާއި ބޭރު ވެސް އެތެރެވެސް ގަދަ ދަނބުކުލައަކާއި ވައްތަރު ފިޔާތޮށި ކުލައެއް ހުންނަ ވައްތަރެކެވެ.
މީގެން ކޮންމެ ވައްތަރެއްގެ ޑްރެގަން ފުރުޓެއް ކަމަށް ވިޔަސް އޭގައި ގިނަ އަދަދެއްގެ ސިއްހީ ފައިދާތަކުން މުއްސަނދިވެފައިވާ މޭވާއެކެވެ.
އެހެންކަމުން ޑުރެގަން ފުރުޓުން ސިއްހަތަށް ލިބޭ ބައެއް ފައިދާތަކަށް ބަލާލަމާހެއްޔެވެ.
ޑްރެގަން ފުރުޓުން ލިބޭ ބައެއް ސިއްހީ ފައިދާތައް:
ގިނަ އަދަދަކަށް އަޔަން އެކުލެވޭ:
ޑުރެގަން ފުރުޓުގައި އަޔަން ވެސް އެކުލެވެއެވެ.
އަޔަންއަކީ އިންސާނާ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ވަރަށް މުހިއްމު މާއްދާއެކެވެ. ހަށިގަނޑުން އަޔަން މަދުވެއްޖެ ނަމަ ދިގު މުއްދަތަކަށް ގަވާއިދުން ބޭސް ވެސް ކާން ޖެހޭ މާއްދާއެކެވެ.
ގިނަ އަަދަދަކަށް މެގުނީސިއަމް އެކުލެވޭ:
މުސްކުޅިވުން ލަސްކޮށްދޭ:
ހަންގަނޑު ދޫވިޔަ ނުދީ ރީތިކަން މަތީ ހަންގަނޑު ދެމެހެއްޓުމަށް އެންޓި އޮކްސިޑެންޓަކީ ކޮންމެހެން ވެސް ބޭނުންވާ މާއްދާއެކެވެ. ހަށިގަނޑުގައި ވާ ނުރައްކާ މާއްދާތަކެއް ކަމަށްވާ ”ފްރީ ރެޑިކަލްސް“ ނައްތާލުމުގައި އެންޓި އޮކްސިޑެންޓުގެ ދައުރު ވަރަށް މުހިންމެވެ. ޑްރެގަން ފުރުޓަކީ އޭގައިވާ ވިޓަމިން ސީ މާއްދާގެ ސަބަބުން މަތީ މިންވަރަކަށް އެންޓި އޮކްސިޑެންޓް އެކުލެވިގެންވާ މޭވާއެކެވެ.
ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ:
ވިޓަމިން ސީ އަކީ ދިފާއީ ނިޒާމު ވަރުގަދަކޮށް ދިނުމުގެ ރޮނގުން ފާހަގަކޮށްލެވޭ މުހިންމު މާއްދާއެކެވެ. މިގޮތުން ވިޓަމިން ސީގެ ސަބަބުން އެހެން އެންޓިއޮކްސިޑެންޓްތަކުގެ މަސައްކަތް ފަސޭހަކޮށްދޭކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން ޑްރެގަން ފުރުޓުގައި އެކުލެވިގެންވާ ވިޓަމިން ބީ ވަން، ޓޫ އަދި ތްރީ، ކެލްޝިއަމް، ފޮސްފަރަސް، ޕްރޮޓީން އަދި އަޔަން ފަދަ މާއްދާތަކަކީ ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދިނުމަށް އެހީވާ މާއްދާތަކެކެވެ.
ހަކުރު ބައްޔަށް ފަރުވާއެއް:
ޑްރެގަން ފުރުޓުގައި މަތީ މިންވަރަކަށް އެކުލެވިގެންވާ ފައިބަރގެ ސަބަބުން ހަށިގަނޑުގެ ބްލަޑް ޝުގަރ ހުންނަ މިންވަރު ދަށް ކޮށްދިނުމަށް އެހީވެދެއެވެ. ދިރާސާތަކުން ދައްކާ ގޮތުން ގަވާއިދުން ޑްރެގަން ފުރުޓު ކާ މީހުންނަށް ހަކުރު ބަލީގައި ދިމާވާ އުނދަގޫތައް ލުއިވެގެން ދެއެވެ.
ކެންސަރު ޖެހުމުގެ ފުރުސަތު ހަނިކޮށްދޭ:
ވިޓަމިން ސީގެ އިތުރުން ޑްރެގަން ފުރުޓުގައި ކެރޮޓީންގެ މާއްދާ ވެސް އެކުލެވިގެންވެއެވެ. މިއީ ކެންސަރާ ދެކޮޅަށް މަސައްކަތް ކުރުމުގެ ބައެއް ބާރު ލިބިގެންވާ މާއްދާއެކެވެ. އެ ގޮތުން ޓިއުމަރުތަކުގެ އަދަދު މަދުކުރުމަށް ވެސް ކެރޮޓީން އެހީވެދޭ މި މޭވާގައި އެކުލެވިގެންވާ ލިކޮޕީންގެ މާއްދާއަކީ ”ޕްރޮސްޓްރޭޓް“ ކެންސަރު ބަލި ޖެހުމަށް ހުރަސްއަޅާ މާއްދާއެކެވެ. ޑްރެގަން ފުރުޓުގައިވާ ރަތް ކުލަ ގެނެސްދެނީ ލިކޮޕީންގެ މާއްދާއިންނެވެ.
ހަޖަމް ކުރުމަށް ފަސޭހަކޮށްދޭ:
ޑްރެގަން ފުރުޓުގައިވާ ފައިބަރ ކޮންޓެންޓްގެ ސަބަބުން ހަޖަމް ކުރަން ފަސޭހަވެގެން ދެއެވެ.
މީގެ އިތުރުން ޑުރެގަން ފުރުޓުގައި ގިނަ އަދަދަކަށް މެގްނީސިއަމް އެކުލެވެއެވެ. މެގްނީސިއަމްއަކީ ހަށިގަނޑުގައި ހިނގާ އެތައް ސަތޭކަ ބަޔޯ ކެމިކަލް ރިއެކްޝަނަކަށް ބޭނުންވާ މާއްދާ މުހިންމު މާއްދާއެކެވެ.
މި ހުރިހާ ކަމަކަށް ބަލައި ހަފްތާއަކު 1 ދުވަހު ޑުރެގަން ފުރުޓު ކެއުން ވަރަށް ވެސް މުހިއްމެވެ.