މި ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތި ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި އަތުލާނެ ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން ވިދާޅުވުމުން އައްޝައިޚް ސައުދާން ފާޑުވިދާޅުވެއްޖެއެވެ.
އެމްޑީޕީން ރޭ ބޭއްވި ބައްދަލުވުމުގައި އިމްރާން ވިދާޅުވީ މި ސަރުކާރުން ރައްޔިތުންނަށް ދިން ގޯއްޗާއި ފުލެޓުތައް ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި އަތުލާނެކަން އެނގޭ ކަމަށާއި ނަރުދަމާގެ ޚިދުމަތް ކުދި ރަށްރަށުގައި ހުއްޓޭނެކަން ވެސް އެނގޭ ކަމަށެވެ. އަދި ރައްޔިތުން އެހެން ވާން ބޭނުން ނުވާކަމަށް އިމްރާން ވިދާޅުވިއެވެ.
މިގޮތުން ސައުދާން ކުރެއްވި ޓުވީޓެއްގައި ވަނީ އިމްރާނަށް ސުވާލުތަކެއް އަމާޒުކުރައްވައިފައެވެ.
”އަޅުގަނޑުމެންނަށް އެނގެނީ ވަޙީ އައީތޯ؟ ނޫނީ ޣައިބު އެނގެނީތޯ؟ ނޫނީ ތީ ކާހިނެއްތޯ؟ ނޫނީ ސިޙުރުވެރިއެއްތޯ؟ ބުނެބަލަ ކޮން ގޮތަކުންތޯ އެނގެނީ؟“
ނޫނީ ޑރ.އަފްރާޝީމް އަވަހާރަކޮށްލި ކަމުގެ ހެކި ކަމަށް ދެއްކި ގަނޑުތައްފަދައިން ދޮގެއް ހަދާލާ ހިތްވީ ތޯ ވެސް ސައުދާން ސުވާލުކުރެއްވިއެވެ.
މީގެ ކުރިން ކާނިވާ ސަރަހައްދުގައި އެމްޑީޕީން ބޭއްވި ކެމްޕޭން ޖަލްސާއެއްގައި އިމްރާން ވަނީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވައިފައެވެ.
އިމްރާން ވިދާޅުވީ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރު ނިމި އެމަނިކުފާނު ޖަލަށް ވަޑައިގަންނަވަން ޖެހިއްޖެ ކަމަށާއި މުޢިއްޒު ”ހިތުގެ އަޑިން ކިޔާލަ ކިޔާލާ އޮތީ ޔާމީން ޖަލުގަ ލައްވާނދޭވެ“ ކަމަށާއި ”ކޯޓަށް ވަޑައިގެން އެތާ އިންއިރު ވެސް މީނަގެ ހިތުގަ އޮތީ ގާޒީ ހުކުމްކުރައްވާނދޭވެ ޔާމީން ޖަލުގަ އޮވޭތޯ“ ކަމަށެވެ.
މީހުންގެ ހިތުގައިވާ އެއްޗެހި އެނގޭ ހިސާބަށް ދިޔައިމާ އެއީ ޣައިބު އެނގޭކަމަށް ދައުވާ ކުރެވެނީކަން ފާހަގަކުރައްވައި ސައުދާން ކުރިން ވަނީ އެކަމަށް އިމްރާން ތައުބާވެވަޑައިގަތުމަށް ގޮވާލައްވައިފައެވެ.
އެއީހަމަރަގަޅުވާހަކައެއް އިބުރާހިމުގެދެވަދައުރުޔަގީންވީމާތިދިންގޯއްޗާއިރަޖިސްޓްރީތަކަކީވުޖޫދުގަނެއްގާނޫނުންއެކަންނިގުޅާއިގަންނަވާނެވާހަކައިމްރާނުއެބުނަނީ ގަބޫލުކޮއްބަލަ
އިމްރާން ސޯލްށް ހިސް ސޯލް ޓު ޑަ ސޭޓަން!!!
އިމްރާނަކީ މަގުފުރެދިފައި ހުރި ޖާހިލެއްކަން ދިވެހި ގިނަ ރައްޔިތުން ގަބޫލުކުރެއެވެ.