ޕްލޭ ސްޓޯރުގައި ހުރި ޓެލެގްރާމް އަދި ސިގްނަލްގެ ސްޕައިވެއާ އިންފެކްޓެޑް ވާޝަންތަކުގެ ސަބަބުން އެތައް މިލިއަން ބަޔަކަށް ގެއްލުން ވެއްޖެ ކަމަށް ޓެކްރިޕޯޓްތައް ބުނެފިއެވެ.
ކޮމްޕްރޮމައިޒްޑް އެންޑްރޮއިޑް ޑިވައިސްތަކުން ނާޒުކު މައުލޫމާތު އެއްކުރުމަށް ފަރުމާކޮށްފައިވާ ޓެލެގްރާމާއި ސިގްނަލްގެ ސްޕައިވެއާ އިންފެކްޓެޑް ވާޝަންތަކެއް ގޫގުލް ޕްލޭ ސްޓޯރުން ސައިބާ ސެކިއުރިޓީ ސައިންސްވެރިންނަށް ފެނިފައިވާ ކަމަށް މިދިޔަ ހަފްތާގައި ދިރާސާވެރިން ވަނީ އިއުލާން ކޮށްފައެވެ.
ސައިބާ ސެކިއުރިޓީ ފާމް ކަސްޕާސްކީ އިން ބުނި ގޮތުގައި މި ފޭކް އެޕްލިކޭޝަންތަކުގެ ތެރޭގައި އެކްޓަރު ކޮންޓްރޯލް ކުރާ ސާވާއަކަށް ނަން ޔޫޒާ އައިޑީ، ކޮންޓެކްޓްސް، ފޯނު ނަމްބަރު އަދި ޗެޓް މެސެޖްތައް ކެޕްޗާކޮށް ފޮނުވާ ދެވޭނެ ފީޗާތައް ހިމެނެ އެވެ.
މި ހަރަކާތަށް ރިސާޗަރުން ވަނީ ”އީވިލް ޓެލެގްރާމް“ ގެ ނަމުން ކޯޑްނަމެއްވެސް ދީފަ އެވެ.
ތަޖުރިބާކާރުން ވަނީ ޓެލެގްރާމްގެ އުއިގޫރު، ސިމްޕްލިފައިޑް ޗައިނީޒް އަދި ޓްރެޑިޝަނަލް ޗައިނީޒް ވާޝަންގެ ނަމުގައި ގޫގުލް ޕްލޭއިން އިންފެކްޓް ވެފައިވާ ގިނަ އެޕްލިކޭޝަންތަކެއް ހޯދާފައެވެ. މި އެޕް ޑިސްކްރިޕްޝަންތައް ލިޔެފައި ހުންނަނީ ވެސް އޮރިޖިނަލް އެޕްގައި ހުންނަފަދަ ބަހުތަކަކުން ކަމަށްވާއިރު، އޭގެ ތެރޭގައި ގޫގުލް ޕްލޭގެ އޮފިޝަލް ޓެލެގްރާމް ޕޭޖުގައި ވާ ފޮޓޯތަކާ ވަރަށް އެއްގޮތް ފޮޓޯތަކެއް ހިމެނޭ ކަމަށް ސައިންސްވެރިން ބުންޏެވެ.
މީގެ އިތުރުން އޮފިޝަލް އެޕްލިކޭޝަންގެ ބަދަލުގައި މި ފޭކް އެޕްލިކޭޝަންތައް ޑައުންލޯޑް ކުރުމަށް ބޭނުންކުރާ ފަރާތްތަކަށް ވިސްނައިދިނުމުގެ ގޮތުން ޑިވެލޮޕަރު ބުނަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޑޭޓާ ސެންޓަރުތަކުގެ ޑިސްޓްރިބިއުޓެޑް ނެޓްވޯކެއްގެ ސަބަބުން އެހެން ކްލައިންޓުންނަށް ވުރެ ހަލުވިކޮށް މަސައްކަތް ކުރާ ކަމަށެވެ.
ފުރަތަމަ ނަޒަރުގައި މި އެޕްލިކޭޝަންތަކަކީ ލޯކަލައިޒްޑް އިންޓަފޭސްއެއް ހިމެނޭ ފުރިހަމަ ޓެލެގްރާމް ކްލޯންތަކެއް ކަމަށް ފެނެ އެވެ. ސައިންސްވެރިން ބުނާ ގޮތުގައި ހުރިހާ ކަމެއް ވެސް ފެންނަނީ އަދި މަސައްކަތް ކުރަނީ ގާތްގަނޑަކަށް ހަގީގަތާ އެއްގޮތަކަށެވެ.
އެއަށްފަހު ސައިންސްވެރިން ކޯޑުގެ އެތެރެއަށް ބަލައިލިއިރު، އެ އެޕްލިކޭޝަންތަކަކީ ރަސްމީ އެޕްލިކޭޝަންގެ މޮޑިފައިޑް ވާޝަންތަކަށްވުރެ ތަންކޮޅެއް ބޮޑު އެޕްލިކޭޝަންތަކެއް ކަން އެނގުނެވެ.
ގޫގުލް ޕްލޭ މޮޑަރޭޓަރުންގެ ސަމާލުކަމަށް ނައި ކުޑަ ތަފާތެއް އެ މީހުންނަށް ވަނީ ފެނިފައެވެ. އެއީ ބަލި ޖެހިފައިވާ ވާޝަންތަކުގައި އިތުރު މޮޑިއުލްއެއް ހުންނައިރު، މެސެންޖަރުގައި ހިނގަމުންދާ ކަންކަން އަބަދުވެސް މޮނިޓާކޮށް ސްޕައިވެއާ ކްރިއޭޓަރުންގެ ކޮމާންޑް އެންޑް ކޮންޓްރޯލް ސާވާއަށް ގިނަ އަދަދެއްގެ ޑޭޓާ ފޮނުވަ އެވެ.
ގޫގުލް އިން އެ އެޕްލިކޭޝަންތައް ނެގުމުގެ ކުރިން އެތައް މިލިއަން ބަޔަކު އެ އެޕްލިކޭޝަންތައް ޑައުންލޯޑްކޮށްފައިވެ އެވެ.