ހަށިގަނޑު ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް ކޮންމެ މީހެއް ވެސް ބޭނުންވާނެއެވެ.
ކެރެޓަކީ އަހަރެމެން އާންމު ގޮތެއްގައި ކެއްކުމުގައި ބޭނުން ކުރާ އެއްޗެކެވެ. ނަމަވެސް ކެރެޓު ޖޫހަކީ ދިވެހިންގެ ތެރޭގައި އެހާ މަގުބޫލު ބުއިމެއް ނޫނެވެ. ކެރެޓު ޖޫހަކީ އެހާމެ ފައިދާހުރި އަދި ތައްޔާރުކޮށްލަން ފަސޭހަ ޖޫހެކެވެ. އަދި އާދަކޮށް ކޮންމެ ދުވަހަކު ވެސް ބޭނުން ކުރަން ރަނގަޅު ބުއިމެކެވެ.
ކެރެޓު ޖޫހަކީ ކޮލެސްޓުރޯލް ލެވެލް ދަށްކޮށްދޭ، ހަށިގަނޑުގައި ހެދޭ ފާރުތައް ފަސޭހަވުން އަވަސް ވެސް ކޮށްދޭ ބުއިމެކެވެ. އަދި ކެންސަރު ޖެހުމުން ރައްކާތެރިކޮށްދީ، ލިވާ ވެސް ސާފުކޮށްދޭ ބުއިމެކެވެ.
އެންޓި އެކްސިޑެންޓުން މުއްސަނދިވެފައިވާ ކެރެޓް ޖޫހުން ލިބޭ ބައެއް ފައިދާތަކުގެ ތެރޭގައި، ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދިނުމާއި ހިތުގެ ބަލިތައް ޖެހުން ކުޑަކޮށްދިނުން ހިމެނެއެވެ.
މި ޖޫސް ތައްޔާރުކުރުމަށް ކެރެޓު މިކްސަރަށް އެޅުމަށްފަހު ފެން އަޅައި ގިރާށެވެ. ފެންގަނޑުގެ ތެރެއަށް ލުނބޯ ހުތް ކޮޅު އަޅަން ހަނދާން ބަހައްޓާށެވެ. ހުރިހާ އެއްޗެއް ރަނގަޅަށް ބްލެންޑް ވުމުން، ތަށްޓަކަށް އެޅުމުން ޖޫސް ތައްޔާރުވީ އެވެ