ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމާ ބައްދަލު ކުރުމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފްއާއި އެކު އެޕާޓީގެ ވަފުދެއް ސަން އައިލެންޑަށް ވަޑައިގެންފިއެވެ.
އެގޮތުން އިދިކޮޅުގެ މި ވަފްދުގައި މުއިއްޒުގެ ރަނިންމޭޓް ހުސެއިން މުހައްމަދު ލަތީފްގެ އިތުރުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އާއި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދުގެ އިތުރުން މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް ހިމެނިވަޑައިގަންނަވައެވެ.
އިދިކޮޅުގެ މި ވަފްދާއި އެކު މިރޭ ސަން އައިލެންޑް ރިސޯޓުގައި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީ ކުރިއަށްދާނެ ގޮތާއި މެދު ބައްދަލުވުމެއް ބާއްވާ މާދަމާ އެޕާޓީގެ ކައުންސިލްއިން ގޮތެއް ނިންމާނެއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ގާސިމް ވާދަކޮށްފައިވާއިރު ގާސިމްއަށް ވަނީ 5460 ވޯޓު ލިބިވަޑައިގެންފައެވެ.
އިންތިހާބުގައި ދެވަނަ ބުރު ކަށަވަރު ކޮށްފައިވަނީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު އާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ