އޭނާ އަމިއްލައަށް ގޮތެއް ނިންމަވާނަމަ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް އަދި ޑރ.މުޙައްމަދު މުޢިއްޒަށް ވެސް ތާއީދު ނުކުރައްވާނެ ކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ތިންވަނަ ހޯދި ދަ ޑިމޮކްރެޓްސްއިން މިއަދު ވަނީ ކުރިއަށް އޮތްތަނުގައި އެ ޕާޓީން ކުރިއަށްދާނެ ގޮތަކާމެދު މަޝްވަރާ ކުރުމަށް ބައްދަލުވުމެއް ބާއްވައިފައެވެ.
އިންޓަރިމް ކައުންސިލު ބައްދަލުވުމުގައި ވައްޑެ ވިދާޅުވީ ޕާޓީން ކަމެއް ނިންމާއިރު އެންމެ އިސްކަމެއް ދޭން ޖެހޭނީ ރައްޔިތުންނަށް އިތުބާރު ކުރެވޭ ޕާޓީއެއްގެ ގޮތުގައި ކުރިއަށް ދިއުމަށް ކަމަށެވެ.
”އެކަން ހާސިލުވާނެ ގޮތަކަށް ކުރިއަށް ދިޔައިމަ ރަނގަޅުވާނެ.“
”އަޅުގަނޑަކަށް ހަމަގައިމު ވެސް އިބްރާހިމް މުޙައްމަދު ޞާލިޙަކަށް ތާއީދެއް ނުކުރެވޭނެ. ހަމައެއާއެކު ދެން ތިއްބެވި ބޭފުޅުންނަށް [ޕީޕީއެމް/ޕީއެންސީ އަށް] ވެސް.“
ވައްޑެ ވިދާޅުވީ ފަރުދީ ގޮތުން އޭނާ ގޮތެއް ނިންމަވާނަމަ އެއްވެސް ފަރާތަކަށް ތާއީދެއް ނުކުރައްވާނެ ކަމަށެވެ.