ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލާން އިތުރު ގަޑިއިރެއް ދޭނަ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެވެ.
މި ފަހުން 9 ސެޕްޓެމްބަރުގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލުމަށް އީސީ އިން ހަމަޖައްސާފައިވަނީ ހެނދުނު 8:00 އިން ހަވީރު 16:00 އަށެވެ. ވަގުތު ކުޑަވުމުގެ ގިނަ ޝަކުވާ ތަކެއް އީސީއަށް ލިބިފައިވާތީ ދެވަނަ ބުރުގައި ވޯޓުލާ ވަގުތު 17:00 އާއި ހަމައަށް އިތުރު ކޮށްދޭނެ ކަމަށް އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވަނީ ވިދާޅުވެފައެވެ.
މި ފަހަރުގެ އިންތިހާބުގައި ވޯޓުލީ މީހުންގެ އަދަދު މީގެ ކުރީގެ އިންތިހާބު ތަކަށް ވުރެ މަދުކަން ފާހަގަކޮށް އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް ހަބީބު ވިދާޅުވި ގޮތުގައި އިތުރު ވަގުތު ދިނުމަށް އެ ކޮމިޝަންއިން ހަމަޖައްސާފައިވަނީ ގިނަ މީހުންއަށް ވޯޓު ލުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.
އެގޮތުން ފަރުދީ ޒިންމާ އަދާކޮށް ކޮންމެ މީހެއްވެސް ގަޑި ޖެހުމުގެ ކުރިން ވޯޓު ލުމަށާއި 17:00ގެ ވަގުތު އިތުރު ނުކޮށްދެވޭނެ ކަަމަށް ވެސް ހަބީބު ވަނީ ވިދާޅުވެފައެވެ.