ޒުވާނުންނަށް ހުނަރާއި ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ފަހިކުރުމަށް ޢިމާރާތްކުރާ ނ.ވެލިދޫ ޖޫނިއަރ ކޮލެޖްގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
ވެލިދޫ ޖޫނިއާ ކޮލެޖުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާއެވެ.
މި ޖޫނިއަރ ކޮލެޖްގައި ކިޔަވައިދިނުމަށް ބޭނުންކުރާ ސްމާޓް ކްލާސްރޫމްގެ އިތުރުން އައި.ސީ.ޓީ ލެބޯޓަރީއަކާއި އިދާރީ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއަކާއި ލައިބްރަރީ ވެސް ހުންނާނެއެވެ.އަދި މި އިންސްޓިޓިއުޓުގައި ތަފާތު އެކި ދާއިރާތަކުން ވޮކޭޝަނަލް ޕްރޮގްރާމްތައް ހިންގުމަށް މަލްޓިޕާޕަސް ވޯކްޝޮޕްތައްވެސް ތަރައްޤީ ކުރާނެއެވެ.
ނ.ވެލިދޫގައި ސަރުކާރުން ތަރައްޤީކުރާ ޖޫނިއަރ ކޮލެޖަކީ 11.91 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.
ވެލިދޫ ޖޫނިއަރ ކޮލެޖުގެ މަޝްރޫޢު ސަރުކާރުން އެމްޓީސީސީއާއި ޙަވާލުކޮށްފައިވަނީ 9 މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.