ރ.ހުޅުދުއްފާރު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ތައްޔާރުވެއްޖެއެވެ.
އެމްޓީސީސީން މިއަދު ބުނީ ހުޅުދުއްފާރު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި މި މަހުގެ 8 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކުރެވިފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން 473 މީޓަރުގެ ގްރޮއިން ޖެހުމާއި 320 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި 100 މީޓަރުގެ ލޯ ކްރެސްޓެޑް ބޭރުތޮށި ލުމާއި 20,500 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމުގެ މަސައްކަތް ހިމެނެއެވެ.
މި މަޝްރޫޢުގެ އަގަކީ 29.94 މިލިއަން ރުފިޔާއެވެ.