ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަކީ ހަރުކަށި ފިކުރުގެ ބޭފުޅެއް ކަމަށް ބުނާތީ ޑރ.މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ރައްދުދެއްވައިފިއެވެ.
ޑރ.މުއިއްޒަކީ ޖަމިއްޔަތުއްސަލަފުގެ ކެންޑިޑޭޓް ކަމަށް ވިދާޅުވެ ޑރ.މުއިއްޒާއި ހަރުކަށި ފިކުރާ ގުޅުވައި ވާހަކަދެއްކެވީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ތަރުޖަމާން މާރިޔާ އަހްމަދު ދީދީއެވެ.
ސޯޝަލް މީޑިއާގައި މިހާރު އާންމުކޮށްފައިވާ ސާޖިދާގެ އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ ޑރ.މުއިއްޒު ފިރިހެނަކަށް ވެގެން އޭނާ ކުރަން ބޭނުންވާ އެއްވެސް ކަމަކަށް ހުރަސް އަޅުއްވާފައި ނުވާ ކަމަށެވެ.
އަދި ކުރައްވާ ކޮންމެ މަސައްކަތެއްގައި ޑރ.މުއިއްޒަކީ މަސައްކަތުގެ އެއްބައި ކަމުގައިވެސް ވިދާޅުވިއެވެ. އެކަމުގެ މިސާލެއްގެ ގޮތުގައި ދެއްކެވީ ސަރުކާރުގެ ވަޒީފާގައި ގިނަ ދުވަސްތަކެއްވީ އިރު އެކަމުގައި ޑރ.މުއިއްޒު ދެއްވާ އެއްބާރުލުމެވެ.
”އަޅުގަނޑު 23 އަހަރުވީ މިނިސްޓްރީ އޮފް ހެލްތުގައި މަސައްކަތް ކުރާތާ ސިވިލް ސާވެންޓެއްގެ ގޮތުގައި،“ ވަޒީފާގައި ކުރިއަށް ދިއުމަށް ޑރ.މުއިއްޒު ހިތްވަރު ދެއްވާ ކަން ފާހަގަކުރައްވާ ވިދާޅުވިއެވެ.
ސާޖިދާ ވިދާޅުވީ އޭނާއާއި ޑރ.މުއިއްޒު ވެސް ކިޔަވާ ވިދާޅުވީ ބައެއް މީހުން ހަރުކަށި ފިކުރުގެ ކަންކަން ނެތް ކަމަށް ބުނާ އިނގިރޭސިވިލާތުން ކަމަށެވެ. އަދި އޭނާ ކިޔަވާ ވިދާޅުވުމަށް ވެސް ޑރ.މުއިއްޒު އެހީތެރިވެ ދެއްވާ ކަމަށާއި މާސްޓާސް ހެއްދެވީ ޑރ.މުއިއްޒު ހަރަދުކުރައްވައިގެން ކަމުގައި ވެސް ވިދާޅުވިއެވެ.
ސާޖިދާ ވިދާޅުވީ ކުދިންގެ ކަންކަމުގައި ވެސް ޑރ.މުއިއްޒަކީ ވަރަށް ބޮޑަށް އެހީތެރިވާ ބޭފުޅެއް ކަމަށެވެ. އެކަން އިތުރަށް ތަފްސީލްކޮށްދެއްވަމުން ވިދާޅުވީ ދަރިންގެ ނެޕީ ބަދަލުކުރުމުގައި ވެސް އެހީތެރިކަން ފޯރުކޮށްދެއްވާ ކަމަށެވެ.
ބިސްމިއްލާހި މުސްލިމެކޭބުނާތީތޯ ނޫނީއެންމެ އިސްކަމެއް ދެއްވާނީ އިސްލާމްދީނާއި މިގައުމަށޭ ބުނާތި ހަރުކަށި ފިކުރައްވަނީތޯ. ނޫނީ ދިނާގައުމަށް ފުރައްސާރަކޮށް މިއިސްލާމީ ވަންތަކަންފޮހެލާންއެތަށްކަމެއްކޮއް މިތަން ފަސާދަކުރުމުންތޯ ކޮބައިތޯ ހަރުކަށި ފިކުރަކީ އަދާލަތުގެ އިސްވެރިންނަށް… ހުސައިންރަޝީދު